ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕްރެމިއަރ ލީގަށް ގައްދޫ ޓީމަށް ހަ ކުޅުންތެރިން ބޭނުންވޭ: ނަޒީހު

ފޮޓޯ:ޕީއެސްއެމް
ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގަށް ގދ. ގައްދޫ ޓީމު ނުކުންނައިރު، އެ މުބާރާތުގައި ވާދަވެރި ކުޅުމެއް ދެއްކުމަށް ޓަކައި ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ.

ލީގުގައި ރަނގަޅު ނަތީޖާއެއް ނެރެން ބޭނުން ނަމަ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު ކުޅުންތެރިން ތިބުން މުހިންމު ކަމަށް އޭނާ ފާހަގަކުރިއެވެ.

ޕްރެމިއަރ ލީގު ކޮލިފިކޭޝަންގެ އެންމެ ފަހު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްއާ ބައްދަލުކުރި މެޗަށް ފަހު "ޕީއެސްއެމް ނިއުސް"އަށް ދިން އިންޓަވިއުއެއްގައި ނަޒީހު ބުނީ، ލީގުގައި ވާދަކުރުމަށް ޓަކައި އެންމެ މަދުވެގެން ވެސް އާ ހަ ކުޅުންތެރިން ޓީމަށް އިތުރުކުރަން ބޭނުންވާ ކަމަށެވެ. އަދި ޓީމު ބިނާކުރަންވާނީ އެހެން ޓީމުތަކާ ރަނގަޅަށް ވާދަކުރެވޭނެ ފަދަ ވިސްނުމެއްގައި ކަމަށާއި، ލީގު ފެށުމުގެ ކުރިން މި ބަދަލުތައް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ޓީމު މިއަށް ވުރެން ވަރުގަދަކުރަން ޖެހޭނެކަން އެއީ ޔަގީންކަމެއް. އެއީ ޕްރެމިއަރ ލީގުގައި ކުޅެންޏާމުން ޖެހޭނެ ސަބްސްޓިޓިއުޓުން ގޮތުގަވެސް ބޭރުން އަރާ އެ ބަދަލުތައް ގެނެވޭ ވަރުގެ ކުޅުންތެރިން ތިބެން. އެހެންވީމަ ހަމަ ކުރިން ދުވަހު ވެސް ބުނިހެން ހައެއްކަ އަށެއްކަ ކުޅުންތެރިންވަރު، އެންމެ މަދުވެގެން 6ކުޅުންތެރިންވަރު ބޭނުންވާނެ ޕްރެމިއަރ ލީގުގަ ކޮމްޕީޓުކުރަން" ނަޒީހު ބުންޏެވެ.

ގދ. ގައްދޫއަކީ އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގުން ޖާގަ ހޯދި އެންމެ ފަހު ޓީމެވެ. އެޓީމުން ލީގުގެ ޖާގައެއް ކަށަވަރުކުރީ މި ހަފުތާގެ އާދީއްތަ ދުވަހު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހުއެވެ.

އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ ސައުތު ރީޖަންގެ ޗެމްޕިއަން ގދ. ގައްދޫގެ އިތުރުން، ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ އާއި، މިދިޔަ އަހަރުގެ ލީގުގެ ހަތްވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބް އަދި މާލޭ ރީޖަން ނުވަތަ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކްލަބެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު