ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގައުމީ ވޮލީ ލީގުގެ ފިރިހެން ޑިވިޝަން ފަށައި، ޑީއެސްސީ އާއި ޕޮލިހުން މުހިންމު ކާމިޔާބީއެއް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ފެށި ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުތައް ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)އަދި ޕޮލިސް ކުލަބުން މުބާރާތުގެ ފެށުން ވަރުގަދަކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި އަލަށް ވާދަކުރާ ލަޔަންސް ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ނުކުމެ، ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ސިފައިން ހޯދީ 25-16، 25-20އަދި 25-16އިންނެވެ. މީގެ އިތުރުން، ރޭ ކުޅުނު ފޯރިގަދަ މެޗުގައި ވީއޭއެމް ކަޕްގެ ތާޖު ދާދި ފަހުން އުފުލާލި ކުލަބު އެމްޓީސީސީގެ މައްޗަށް ޕޮލިސް ކުލަބުން ކުރިހޯދީވެސް އެއްވެސް ސެޓެއް ދޫނުކޮށެވެ. މި މެޗުގެ ސެޓުތައް ފުލުހުން ކާމިޔާބުކުރީ 25-22، 30-28އަދި 25-14އިންނެވެ.

ޖުމްލަ ފަސް ޓީމެއް ވާދަކުރާ މި ފަހަރުގެ ލީގުގައި ހިމެނެނީ ޑީއެސްސީ އާއި ޕޮލިހުގެ އިތުރުން، އެމްޓީސީސީ، ކުލަބު އެޗްޑީސީ އަދި ލަޔަންސްއެވެ. މި ލީގުގެ ކުޅުން ނިމޭއިރު، ޕޮއިންޓް ތާވަލުގެ ކުރީގައި އޮންނަ ގަދަ ހަތަރު ޓީމަށް ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ލީގުގެ ކުޅުން މިއަދުވެސް ކުރިއަށްދާނެއެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ މެޗުގައި ކުލަބު އެޗްޑީސީއާ ދެކޮޅަށް އެމްޓީސީސީ ނުކުންނައިރު، މިރޭގެ މެޗުގައި ޕޮލިސް ކުލަބުން ބައްދަލުކުރާނީ ލަޔަންސްއާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު