ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕޮލިސް ބަލިކޮށް ވެމްކޯއިން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ވީއޭއެމް ކަޕް 2026ގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލްގައި އާދީއްތަ ދުވަހުގެ ރޭ ޕޮލިސް ކުލަބުގެ މައްޗަށް ކުރިހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއިން މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ. 

މޮޅު ކުޅުމަކާއެކު ވެމްކޯއިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-21، 25-19އަދި 25-12ގެ ނަތީޖާއަކުންނެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލަށް ވެމްކޯ ދަތުރުކުރިއިރު، އެ ޓީމު އޮތީ ތަފާތު ރެކޯޑަކާ އެކުގައެވެ. އެގޮތުން މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، އިދިކޮޅު ޓީމަކަށް އެންމެ ސެޓެއް ވެސް ދީފައެއް ނުވެއެވެ. ސެމީގައި ވެމްކޯއާ ދެކޮޅަށް ކުޅުނު ޕޮލިސް ކުލަބަށް ސެމީގެ ފުރުޞަތު ލިބުނީ ގްރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ވެމްކޯއަކީ ޖެހިޖެހިގެން ފާއިތުވި ފަސް އަހަރުގެ ވެސް މުބާރާތުގެ ޗެމްޕިއަނުންނެވެ.

މުބާރާތުގެ ތިންވަނަ މަޤާމު ހޮވާ މެޗާއި ގްރޭންޑް ފައިނަލްގެ ކުޅުން މިއަދު ކުރިއަށްދާނެއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅޭ މި މެޗުތައް ބެލުމަށް ވަންނަ ޓިކެޓެއްގެ އަގަކީ 30ރުފިޔާއެވެ. އަދި ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް 25ރުފިޔާ ދައްކައިގެން މެޗުތައް ލައިވްކޮށް ބަލައިލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. މެޗު ފެށުމުގެ އެއް ގަޑިއިރު ކުރިން ސޯޝަލް ސެންޓަރުން ޓިކެޓް ވިއްކަން ފަށާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު