ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވެމްކޯއާއި ޕޮލިސް ސެމީއަށް

ޝެއާ ކުރޭ Facebook Telegram Viber X

ޒުވާނުންގެ މަރުކަޒުގެ އެތެރެގޭ ކޯޓުގައި މިހާރު ކުރިއަށްދާ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއާއި ޕޮލިސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފިއެވެ.

ވެމްކޯއިން ސެމީގެ ޓިކެޓު ޔަގީންކުރީ ގްރޫޕް ފިޔަވަހީގައި އެ ޓީމު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ހުކުރު ދުވަހުގެ ހަވީރު ރާއްޖެ ވޮލީ ކުލަބާ ދެކޮޅަށް ކުޅުނު މެޗު ވެމްކޯއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-08، 25-20އަދި 25-20އިންނެވެ. މި ނަތީޖާއާ އެކު ރާއްޖެ ވޮލީ ކުލަބު ވަނީ މުބާރާތުން ކަޓާފައެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ވެމްކޯ ނުކުންނަން ޖެހޭނީ ގްރޫޕް އޭއިން ދެވަނަ ހޯދި ޕޮލިސް ކުލަބާ ދެކޮޅަށެވެ. މި ފޯރިގަދަ ކުރިމަތިލުން އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30ގައެވެ. ހަމަ އެ ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ސެމީ ފައިނަލުގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ހުރާ ކޮމިއުނިޓީ ކުލަބެވެ. އެ ޓީމާ ދެކޮޅަށް ނުކުންނާނީ ގްރޫޕް ބީގެ ފަހު މެޗުގައި ކުލަބު އެމްޓީސީސީއާއި ޖީޖީ ސްޕޯޓްސް އެކަޑަމީ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.

ވޮލީބޯޅައަށް ލޯބިކުރާ ފަރާތްތަކަށް މި މުބާރާތުގެ މެޗުތައް ފަސޭހަކަމާއެކު ބަލައިލެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް 25ރުފިޔާއަށް އޮންލައިންކޮށް މެޗުތައް ބަލައިލެވޭނެއެވެ. އަދި ޒުވާނުންގެ މަރުކަޒަށް ގޮސް މެޗު ބަލަން ބޭނުންވާ ސަޕޯޓަރުންނަށް 30ރުފިޔާއަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާއިރު، މެޗު ފެށުމުގެ އެއް ގަޑިއިރު ކުރިން ކައުންޓަރުން ޓިކެޓު ލިބެން ހުންނާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު