ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކިޑްސަލްގެ ސެމީ ފައިނަލަށް އެލީޓް، ވެލެންސިއާ، ނިއު އަދި އެސްޕަޔަރ!

ޝެއާ ކުރޭ Facebook Telegram Viber X

ކްލަބް މޯލްޑިވްސްއިން މުޅިން އަލަށް އިންތިޒާމުކޮށްގެން ބާއްވާ، 15އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްސަ "ކިޑްސަލް 2026"ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް އެލީޓް އެކެޑަމީ، ކުލަބު ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި އެސްޕަޔަރ އެކެޑަމީން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީގެ ޖާގަތައް މި ޓީމުތަކުން ކަށަވަރުކުރީ އިއްޔެ ކުޅުނު ފޯރިގަދަ ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އެލީޓް އެކެޑަމީން ސެމީގެ ޖާގައެއް ހޯދީ ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުލަބު (އެޗްވައިއެސްސީ)އާ ވާދަކޮށް 4-2ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި އެލީޓުގެ އާދު ބިން މުޙައްމަދު ނިޔާޒް ދެ ލަނޑު ޖެހިއިރު، ޝައިމަން އަޙްމަދު ރިޒާއާއި ހުމާމް މުއާވިޔަތު ޝަކީބު ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކުރިއެވެ. އެޗްވައިއެސްސީގެ ލަނޑުތައް ޖަހައިދިނީ ހަމީސް ބިން އަބްދުލް ހަމީދު އަދި އިބްރާހީމް އަބާން އަޒްލިފެވެ.

ކުލަބު ވެލެންސިއާއިން ސެމީގެ ޖާގައެއް ކަށަވަރުކުރީ ބިސް ބުރު ސްޕޯޓްސް އަތުން 6-3އިން ފަހަތުން އަރައި މޮޅުވެގެންނެވެ. މި މެޗުގައި ވެލެންސިއާގެ އިސްމާޢީލް އަޒްޔާން ޖަމާލް، އަލީ އަޒީން އާދިލް އަދި އިބްރާހީމް އިލްޔާސް ބިން ހަސަން، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. ބިސް ބުރުގެ ލަނޑުތައް އިބްރާހީމް މިރުޝާން އާއި މުޙައްމަދު ޝައިލް ސޮލާހު ކާމިޔާބުކުރިއިރު، އަނެއް ލަނޑަކީ ވެލެންސިއާގެ އަޒްޔާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ނިއު ރޭޑިއަންޓުން ސެމީއަށް ދަތުރުކުރީ ބީޖީ ސްޕޯޓްސްއާ ބައްދަލުކޮށް 7-2ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ނިއުގެ ރާއިޝް ރަމީޒް، މުޙައްމަދު ޔަމަކް ނަޝީދު އަދި މުޙައްމަދު އަޒުހާން އަލީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، ބީޖީގެ ޝާއިން މުޙައްމަދު ސިނާން އަތުން ބައިކޮޅަށް ލަނޑެއް ވަނެވެ. ބީޖީގެ ދެ ލަނޑު ޖެހީ ނޫހު އިޚްލާސް ސަލްމާމް އާއި މިކްޔާލް އަބްދުލް މަޖީދެވެ.

އެސްޕަޔަރ އެކެޑަމީން ވަނީ ކުއާޓާގައި ވިލިމާލެ ޔުނައިޓެޑް އަތުން 5-0ގެ ފުރިހަމަ މޮޅެއް ހޯދާފައެވެ. މި މެޗުގައި އެސްޕަޔަރގެ އައްމާރު ބިން ނަވާޒް ހެޓްރިކް ހެދިއިރު، އަޙްމަދު އާހިލް ހުސައިން އަދި ޔަލްސަން ބިން ހިސާން ވެސް ވަނީ ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރޭ 20:15ގައެވެ. ސެމީގައި ބައްދަލުކުރާނީ އެލީޓް އެކެޑަމީއާއި ނިއު ރޭޑިއަންޓްގެ އިތުރުން ވެލެންސިއާ އަދި އެސްޕަޔަރ އެކެޑަމީއެވެ. މި މެޗުތައް މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރު ސަން ސިޔާމް މީޑިއާގެ "ސަން ޕްލޭ"މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު