ދިވެހި ޕްރިމިއާ ލީގު ޕްލޭއޮފްގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ކ. ހުރާގެ މައްޗަށް 6-3ގެ ބޮޑު ތަފާތަކުން ކުރިހޯދައި ބިސްބުރު ސްޕޯޓްސް ކްލަބް އަންނަ އަހަރުގެ ޕްރިމިއަރ ލީގުން ޖާގަ ހޯދައިފިއެވެ.
މި މެޗުގައި ބިސް ބުރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމުން ވަނީ ގޯލުތަކެއް ޖަހައި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.
މި މެޗުގައި ބިސް ބުރުން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި، އެޓީމުގެ މަހުމޫދު އަޝްރަފް ވަނީ ހެޓްރިކެއް ހަދާފައެވެ. މީގެ އިތުރުން އެޓީމުގެ މުހައްމަދު ނަޝީދާއި އާމިރު ޝުއެއިބް ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ބިސް ބުރުން ޖެހި ތިންވަނަ ލަނޑަކީ ހުރާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގައި ހުރާގެ ފަރާތުން ވެސް ތިން ލަނޑު ފެނިގެން ގޮސްފައިވެއެވެ. އެޓީމަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު މާއިޝް މައުސޫމްއާއި އޮލުމިޑޭ ފްރާންސިސްގެ އިތުރުން ސާދު އަބްދުލްއަޒީޒްއެވެ.
މި ނަތީޖާއާ އެކު ހުރާއަށް ވަނީ އަންން އަހަރުގެ ޕްރިމިއަރ ލީގުން ފުރުޞަތު ގެއްލިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.