ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕްރިމިއަރ ލީގުން ޖާގަ ހޯދަން ގްރީން ސްޓްރީޓްސްއަށް ހުރަސްތަކެއް

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ޕްރެމިއަރ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ހއ. ދިއްދޫއާ 2-2ގެ ނަތީޖާއަކުން އެއްވަރުކޮށް، ލީގުގައި ދެމިއޮތުމަށް ކްލަބް ގްރީން ސްޓްރީޓްސުން ކުރަމުންދާ މަސައްކަތަށް އިތުރު އުންމީދެއް ލިބިއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާ އެކު، ދިއްދޫ ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގުން ޖާގައެއް ކަށަވަރުކޮށްފައެވެ. އެޓީމަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ދިއްދޫއިންނެވެ. މެޗުގެ 15ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ ބޭނުންހިފައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެއިންޓް ޑަންޖޫމާ ގުމްބަރީއެވެ. ނަމަވެސް އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގްރީންއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީ ގްރީންއިން ފޮނުވާލި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިއްދޫގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން، މުޅިން ހުސްކޮށް ހުރެ ޢުބައިދާ ކާމިދް އަޙްމަދު ކާމިޔާބުކުރި ލަނޑެކެވެ.

ދެޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގައި ދިއްދޫއިން ދެވަނަ ފަހަރަށް ލީޑު ނެގީ 34ވަނަ މިނެޓުގައެވެ. މިއީ ވެސް ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި، ގްރީންގެ ކުޅުންތެރިން ބޮނޑިވެފައި ތިބި ސަރަހައްދެއްގައި ހުރެ ޙުސައިން ރަޝީދު ކާމިޔާބުކުރި ލަނޑެކެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1ގެ ނަތީޖާއަކުން ދިއްދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ގްރީންއިން ޖެހި ލަނޑެއް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން ގްރީންއިން ވަނީ ދެވަނަ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ދިއްދޫގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަހަކުން މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ޢުބައިދާއެވެ.

މި މެޗު އެއްވަރުވުމުން، ތާވަލުގެ ފުލުގައި އޮވެ މެޗު ފެށި ގްރީންއަށް ވަނީ ލީގުގައި ދެމިއޮތުމުގެ އުންމީދު އާވެފައެވެ. އެގޮތުން ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވިއްޖެނަމަ، އެޓީމަށް އަންނަ ސީޒަނުގެ ޕްރެމިއަރ ލީގުން ޖާގަ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު