ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކެނެޑާ ކުޅުނު ފުރަތަމަ މެޗު ބޮސްނިއާއާ އެއްވަރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

މިފަހަރުގެ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ، މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބޮސްނިއާއާ ވާދަކޮށް 1-1ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ކެނެޑާގެ ޓޮރޮންޓޯގައި ކުޅުނު މި މެޗަކީ ވަރލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުން ބަލިނުވެ ނިންމާލި ފުރަތަމަ މެޗެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ ބޮސްނިއާއިންނެވެ. މެޗުގެ 21ވަނަ މިނެޓުގައި އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ކޮލަސިނެޗް ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޖޫވޯ ލޫކިޗްއެވެ. މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ބޮސްނިއާ އޮތީ 1-0އިން ކުރީގައެވެ.

ދެވަނަ ހާފު ފެށުމާ އެކު ކެނެޑާއިން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ބޮސްނިއާގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރިއެވެ. ނަމަވެސް، ކެނެޑާގެ ގިނަ ހަމަލާތަކެއް ހުޝިޔާރުކަމާއެކު ދިފާއުކުރީ ބޮސްނިއާގެ ޑިފެންޑަރު ކޮލަސިނެޗް އާއި އެ ޓީމުގެ ގޯލްކީޕަރެވެ. ކެނެޑާއިން މެޗުގެ ނަތީޖާ އެއްވަރުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސައިލް ލާރިން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މީގެ ކުރިން ކެނެޑާއިން ވަނީ 186އަދި 2022ވަނަ އަހަރުގެ ވަރލްޑް ކަޕްގައި ވާދަކޮށްފައެވެ. ނަމަވެސް އެ ދެ މުބާރާތުގައި އެ ޓީމު ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ. ރޭގެ މެޗުގައި ވެސް ކެނެޑާއަށް ލަނޑު ޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައިވެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު