ގައުމީ ދެވަނަ ޑިވިޝަންގެ ވޮލީ ލީގުގެ އަންހެން ފައިނަލަށް އެމްޓީސީސީއާއި ޔޫތު ނިއު ޖަނަރޭޝަން ދަތުރުކޮށްފިއެވެ.
އެމްޓީސީސީ ފައިނަލަށް ދިޔައީ ސެމީގައި ރާއްޖެ ސްޕޯޓްސް ބަލިކޮށްފައެވެ. އިއްޔެ ސޯޝަލް ސެންޓަރ އިންޑޯ ހޯލްގައި ކުޅުނު މި މެޗު އެމްޓީސީސީ ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. އެއީ 25-11، 25-08އަދި 25-18އިންނެވެ.
އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ވޮލީބޯލް ޔޫތު ނިއު ޖަނަރޭޝަން، ހެޕީ ސްޕޯޓްސް ކްލަބު އަތުން މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 25-12،25-18،25-21އިންނެވެ.
މި މުބާރާތުގެ ފައިނަލް އޮންނާނީ މާދަމާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.