ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕްރިމިއަރ ލީގް ކޮލިފައިން: ގައްދޫ ބަލިކޮށް ދިއްދުއަށް ރަނގަޅު ފެށުމެއް

މިއަދު ހަވީރު ކުޅެވުނު ކޮލިފައިން މެޗް: ގްރީންއާއި ހުރާ ، މެޗް ނިމުނީ އެއްވަރުވެގެން
ޝެއާ ކުރޭ Facebook Telegram Viber X

އަންނަ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގެ ދެވަނަ މެޗްގައި މިރޭ ދެކުނު ރީޖަންގެ ޗެމްޕިއަން ގދ.ގައްދޫ ބަލިކޮށް އުތުރު ރީޖަންގެ ޗެމްޕިއަން ހއ.ދިއްދޫން ރަނގަޅު ފެށުމެއް ހޯދައިފިއެވެ.

ދެ ޓީމަށް ވެސް ސްކޯރކުރަން ހުސް ގިނަ ފުރުސަތެއް ލިބުނު މި މެޗު ގައްދޫގެ މައްޗަށް ދިއްދޫން ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ޔޫސުފް އަފުލްއެވެ. 

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ވާދަކުރަނީހަ ޓީމެވެ. އެއީ އުތުރުގެ ޗެމްޕިއަން ދިއްދުއާއި ސެންޓްރަލް ޒޯންގެ ޗެމްޕިއަން ހުރާއާއި ދެކުނު ޒޯންގެ ޗެމްޕިއަން ގައްދޫގެ އިތުރުން މާލެ ޒޯންގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސްއާއި ޕްރިމިއަރ ލީގުގެ އެންމެ ފުލަށް ދިޔަ ޓީސީއާއި ގްރީން ސްޓްރީޓްސްއެވެ. ކޮލިފައިންގައި އޮންނާނީ މި ހަ ޓީމްގެ މެދުގައި އޮންނަ ލީގު ބުރެކެވެ. އަދި އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމް އަންނަ ސީޒަނަށް ޕްރމިއަރ ލީގަށް ކޮލިފައި ވާނެއެވެ. އެއާ އެކު ލީގުގައި 10 ޓީމް ވާދަކުރާނެއެވެ.

މާދަމާ ރޭ އޮންނަ ކޮލިފައިން މެޗުގައި ވާދަކުރާނީ ޓީސީއާއި ބިސްބުރު ސްޕޯޓްސްއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު