ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބިސްބުރު ބަލިކޮށް ދިއްދޫން ފަސޭހަ މޮޅެއް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގެ ފަހު މެޗުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން 6-2ގެ ބޮޑު ތަފާތަކުން ހއ. ދިއްދޫ މޮޅުވެއްޖެއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ދިއްދޫގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ.

މި މެޗުގައި ދިއްދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޝަނާއު ނަސީރުއާއި ޔޫސިފް އަައްފުލްގެ އިތުރުން ޑަންޖޫމާ އަދި ބެނާޑެވެ. މީގެ ތެރެއިން ޝަނާއު އާއި ޔޫސިފް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ބިސް ބުރުން ޖެހި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ އަހުސަނެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން ކުރިއަށްދިޔަ މި ކޮލިފައިން ބުރުން ދިވެހި ޕްރިމިއަރ ލީގުގެ ޖާގަތައް ކަށަވަރުކުރީ ޓީސީ ސްޕޯޓްސް ކުލަބާއި، ބިސް ބުރު، ދިއްދޫ އަދި ގދ. ގައްދޫއެވެ. މީގެ ތެރެއިން ޓީސީން ލީގުގެ ޖާގަ ދެމެހެއްޓިއިރު، ބިސްބުރު، ދިއްދޫ އަދި ގައްދޫ ވަނީ އަލަށް ލީގަށް ކޮލިފައިވެފައެވެ.

މި ބުރުގައި ވާދަކުރީ ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުންނާއި މިދިޔަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގެ ފުލަށްދިޔަ ދެ ޓީމެވެ. އެއީ ސައުތު ރީޖަންގެ ގައްދޫ، ސެންޓްރަލް ރީޖަންގެ ކ. ހުރާ، ނޯތު ރީޖަންގެ ދިއްދޫ، މާލެ ރީޖަންގެ ބިސް ބުރުގެ އިތުރުން ޓީސީ އާއި ކުލަބު ގްރީން ސްޓްރީޓްސްއެވެ.

ކޮލިފައިންގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، ތާވަލުގެ އެއްވަނައިގައި އޮތް ޓީސީ، ދެވަނައިގައި އޮތް ބިސް ބުރު އަދި ތިންވަނައިގައި އޮތް ދިއްދޫއަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ގައްދޫއަށް 9 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ލިބުނީ 2 ޕޮއިންޓެވެ. އަދި ތާވަލުގެ ފުލުގައި އޮތް ހުރާއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު