ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުންދިޔަ ފުޓްބޯޅަ ދަނޑުގެ ހުރިހާ އަމަލީ މަސައްކަތްތަކެއް އެއްކޮށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އެގޮތުން މި ދަނޑުގައި ފީފާއިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފް އެޅުމާއި، ގޯލް ޕޯސްޓް ހަރުކުރުމުގެ އިތުރުން، ދަނޑުގެ ވަށައިގެން ފެންސް ޖެހުމާއި ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
ގާތްގަނޑަކަށް 1،800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާގައި މި ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ނިމުމާ އެކު، އެ ރަށުގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ވީހާވެސް އަވަހަކަށް ނިންމައި، ރަށްރަށުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.