ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވިކްޓަރީއަކީ ފުޓުބޯޅައިގެ ބޮޑު ބާރެއްގެ ގޮތުގައި މޯހަން މިހާރު ގަބޫލެއްނުކުރޭ!

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބޮޑު ޓީމެކޭ ކިޔޭނީ އަލުން ތައްޓެއް ހޯދައިގެން ކަމަށާއި، މިހާރު އެ ކްލަބަކީ "ކުރީގެ ގަދަބާރެއް"ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން)ބުނެފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި މާޒިޔާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު ވާހަކަދައްކަމުން މޯހަން ބުނީ، ލީގުގެ ކުރިން ކަޕް ވިނާސް ކަޕް ކުޅެފައިވުމުން މިހާރުގެ ބޮޑެތި ޓީމުތަކަށް އެޑްވާންޓޭޖްތަކެއް އެބައޮތް ކަމަށެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން މޯހަން ފާހަގަކުރި ގޮތުގައި، ވިކްޓަރީއަކީ ތާރީޚީ ގޮތުން ބޮޑު ނަމެއް ނަމަވެސް، ފަހުގެ ކާމިޔާބީތަކަށް ބަލާއިރު ބޮޑު ޓީމުތަކުގެ ތެރެއަށް ވަނުމަށް އެ ކްލަބުން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

"އަޅުގަނޑުމެން މިދިޔައީ މިއޮތްހާ ދުވަހު ވަރަށް ދަށް ހާލެއްގައި. އެހެންވީމަ އެހިސާބަށް ދާން ކުރާ މަސައްކަތުގެ ވާހަކަ މިދައްކަނީ. އަޅުގަނޑުމެން އެހިސާބަށް އަރާފައި ނޫނީ، ބޮޑު ޓީމެކޭ ކިޔާކަށް ނުވާނެ"

މޯހަން ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކިތަންމެ މޮޅެތި ކުޅުންތެރިން ޓީމުގައި ތިބި ކަމުގައިވިޔަސް އަދި ބޮޑެތި ޓީމުތަކާ ވާދަކުރެވޭ ފެންވަރުގެ ސްކޮޑެއް އޮތް ނަމަވެސް، ބޮޑު ޓީމެއްގެ ގޮތުގައި ގުނޭނީ ފައިނަލްތަކެއް ކުޅެ ކާމިޔާބީއެއް ނުވަތަ ތައްޓެއް ހޯދުމުން ކަމަށެވެ. އަދި އަބަދުވެސް ބާރަކަށް ބަދަލުވަނީ އެ ދުވަސްވަރެއްގައި ކާމިޔާބު ހޯދާ ޓީމުތައް ކަމަށްވާތީ، އެ ފެންވަރަށް ދެވޭނީ ތަށިތަކެއް ހޯދައިގެން ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ.

ބައިގަރުނަށް ވުރެ ދިގު ތާރީޚެއް އޮތް ވިކްޓަރީން އެންމެ ފަހުން ތައްޓެއް ހޯދާފައި ވަނީ 2011ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވިގެން 2019ވަނަ އަހަރު އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރުމާ ގުޅިގެން ދެވަނަ ޑިވިޝަނަށް ވެއްޓުނުއިރު، މިދިޔަ ސީޒަނަކީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެ ކްލަބުން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ އަހަރެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީން މިއަދު ހަވީރު 4:00ގައި ނުކުންނާނީ ބިސް ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު