ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގައްދޫ ބަލިކޮށް ބުރުން ފުރަތަމަ ތިން ޕޮއިންޓް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ދެ ލަނޑު ސުން ލަނޑުން ގައްދޫ ރެކްރިއޭޝަން ކްލަބްގެ މައްޗަށް ކުރިހޯދައި، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގައި އެ ޓީމުގެ ފުރަތަމަ ކާމިޔާބީ ހާސިލުކޮށްފިއެވެ. 

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ކުރިމަތިލުމުގައި ބުރަށް މެޗުގެ ލީޑު ނަގައިދިނީ އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ފޯވާޑް ހުއާން އެޑްވާޑޯއެވެ. މި ލަނޑާއެކު މެޗުގެ އޮއިވަރު ބުރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައި ވަނިކޮށް، އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ އުސާމާއެވެ. މޮޅު ކުޅުމެއް ދެއްކި އުސާމާއަށް ވަނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައެވެ.

މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗުން ބަލިވެފައިވާ ބުރުން، މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ވަނީ ޓީސީ ސްޕޯޓްސް ކްލަބް ފަހަތަށް ޖައްސާލުމަށް ފަހު ތާވަލުގެ އަށްވަނަ އަށް ކުރިއަށް ޖެހިލާފައެވެ. މިއީ މި ދެ ޓީމު ވެސް ލީގުގައި ޕޮއިންޓެއް ހޯދުމަށް އަމާޒުކޮށްގެން ނުކުތް މުހިންމު މެޗެކެވެ.

އަނެއްކޮޅުން ބަލާއިރު، މިއީ މި ސީޒަނުގައި ގައްދޫން ކުޅުނު ފަސްވަނަ މެޗެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާ ގައްދޫ އަދިވެސް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ އެންމެ ފުލުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު