ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބުރު ސްޕޯޓްސް އަތުން ޕޮއިންޓް ހޯދުމުގެ އުއްމީދުގައި ގައްދޫ!

ޝެއާ ކުރޭ Facebook Telegram Viber X

މިއަދު ހަވީރު ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗަކީ ފެންވަރުގެ ގޮތުން ދެ ޓީމު ހަމަހަމަ މެޗަކަށް ވުމާއެކު، މިއީ މުބާރާތުގައި ގައްދޫ ރެކްރިއޭޝަނުން ފުރަތަމަ ޕޮއިންޓް ކަށަވަރުކުރާނެ މެޗުކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނަޒީހު ހާމަކޮށްފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ނަޒީހު ފާހަގަކުރިގޮތުގައި، ގައްދޫ އަދި ބުރުގައި ވެސް މެޗުގެ ނަތީޖާ އެކަނިމާއެކަނި އަނބުރާލެވޭނެ ފަދަ ތަފާތު މޮޅު ކުޅުންތެރިންނެއް ނެތެވެ. އެހެންކަމުން މިއީ ދެ ޓީމަށް ވެސް ރަނގަޅު ކުޅުމެއް ދައްކައިގެން މޮޅުވުމުގެ ފުރުސަތު އޮތް މެޗެއްކަމަށާއި، ފުރިހަމަ ސަމާލުކަމާއެކު ކުޅެފި ނަމަ އެދެވޭ ނަތީޖާއެއް ނެރެވޭނެކަމުގެ ޔަގީންކަން އޭނާ ދިނެވެ.

މިހާތަނަށް ލީގުގައި ގައްދޫއިން ހަތަރު މެޗެއް ކުޅެފައިވާއިރު، އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ. އަދި ބައިކޮޅަށް ބާރަ ގޯލު ވަދެފައިވާއިރު، އެ ޓީމު ބަލިވެފައި ވަނީ ތާވަލުގެ ކުރީގައި އޮތް ގަދަ ޓީމުތަކާ ވާދަކޮށެވެ. އޭގެ ތެރޭގައި ތާވަލުގެ އެއްވަނައިގައި އޮތް ކުލަބު އީގަލްސްއާއި ތިންވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން 0-2އިން ބަލިވި މެޗާއި، ހަތަރުވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބު އަތުން 0-4އިން ބަލިވި މެޗުގެ އިތުރުން އަށްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބު އަތުން 2-4އިން ބަލިވި މެޗު ހިމެނެއެވެ.

އަނެއްކޮޅުން މިއަދުގެ މެޗަށް ނުކުންނަ ބުރު ސްޕޯޓްސް ކުލަބަށް ވެސް މިހާތަނަށް ކުޅުނު ތިން މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އޮޑި ސްޕޯޓްސްގެ އިތުރުން ބުރު ބަލިވެފައި ވަނީ އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދިއްދޫ ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ކުލަބު އަތުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު