ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފަތޯގެ އަމާޒު ކުލަބަށް ކާމިޔާބީ ހޯދައިދިނުމަށް!

ޝެއާ ކުރޭ Facebook Telegram Viber X

އެފްއޭއެމް އެވޯޑްސް ނައިޓް 2026ގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހާސިލުކުރުމަށް ފަހު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ހުނަރުވެރި ކުޅުންތެރިޔާ އަހުމަދު އައިހަމް (ފަތޯ)ގެ މި ސީޒަނުގެ އެންމެ ބޮޑު އަމާޒަކީ އެ ކުލަބަށް އިތުރު ކާމިޔާބީތަކެއް ހޯދައިދިނުންކަމުގައި އޭނާ ހާމަކޮށްފިއެވެ.

ފާއިތުވި ސީޒަނަށް ވުރެ މި އަހަރުގެ ފެށުން މާބޮޑަށް ވެސް ރަނގަޅުކަން ފާހަގަކުރަމުން ފަތޯ ބުނީ، މާޒިޔާއާއެކު ޗެރިޓީ ޝީލްޑް އަދި ކަޕް ވިނާސް ކަޕް ކާމިޔާބުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މި މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފަތޯ ވަނީ ބުނެފައެވެ. އެހެންކަމުން މުޅި ސީޒަނުގައި ވެސް އެންމެ އިސްކަމެއް ދޭނީ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށްކަމަށް އޭނާ ކަށަވަރުކޮށްދިނެވެ.

އެވޯޑު ހަފުލާއަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ފަތޯ ވަނީ، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިދާނެކަމަށް ކުރިން އުންމީދު ނުކުރާކަމަށް ބުނެފައެވެ. އެހެން ނަމަވެސް، މި ޝަރަފުވެރި މަގާމު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައި ފާހަގަކުރިއެވެ. 

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަތޯ ކަށަވަރުކުރީ، ގައުމީ ޓީމުގެ ދެ ތަރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ)އާއި ހަމްޒާ މުހައްމަދު (ހަމްޕު)އާ ވާދަކޮށްގެންނެވެ. މި ގަދަ ތިނެއްގެ ދެވަނަ މަގާމު ސެންޓޭ ހޯދީ މިދިޔަ ސީޒަނުގައި ޖެހި 22ލަނޑާ އެކު ރަން ބޫޓު ހާސިލުކުރުމަށްފަހުގައެވެ. އަދި ތިންވަނަ މަގާމު ލިބުނީ ހަމްޕުއަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު