ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިލާނަށް މާޒިޔާގެ ޕްރެކްޓިސްތަކާ އަދިވެސް ނުގުޅެވޭ!

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލިބުނު އަނިޔާއިން އަދިވެސް އެއްކޮށް ސަލާމަތްވެވިފައި ނުވާތީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ޒުވާން ހުނަރުވެރިޔާ މުޙައްމަދު އިލާން އިމްރާނަށް އެ ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ނުލިބޭކަން ކޯޗު ތޯމަސް ޓުރުޗާ ހާމަކޮށްފިއެވެ.

ފީފާ ވިންޑޯއަށް ފަހު ލީގުގެ ކުޅުން ހުކުރު ދުވަހު އަލުން ފަށަން ތައްޔާރުވެފައިވާއިރު، މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓުރުޗާ ބުނީ އިލާންގެ ކަންކަން މިހާރު ވެސް ގާތުން ބަލަމުން އަންނަނީ ކުލަބުގެ މެޑިކަލް ޓީމުން ކަމަށެވެ. އަދި އޭނާގެ ފިޓްނަސް ލެވެލް ހުރިގޮތުން ޕްރެކްޓިހަށް ނުކުމެވޭނެ ހާލަތަކަށް އަދި ނާންނަކަން ކޯޗު ފާހަގަކުރިއެވެ. ނަމަވެސް ކުރިއަށް އޮތް ހޯމަ ދުވަހުން ފެށިގެން އަމިއްލައަށް ލުއި ފަރިތަކުރުންތަކެއް ފެށޭނެކަމުގެ އުންމީދު އެބައޮތްކަމަށް ކޯޗު ވަނީ ބުނެފައެވެ.

އިލާންގެ ރިކަވަރީއާ ގުޅޭގޮތުން ޓުރުޗާ އިތުރަށް ބުނީ، އޭނާ ހީކުރި ވަރަށްވުރެ އަނިޔާއިން އަރައިގަތުމަށް ނަގާ ވަގުތު ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. ރާއްޖޭގެ ޒުވާން ޤައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ އިލާނަށް އަނިޔާވެފައި ވަނީ، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހު އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައެވެ. ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނުކުތް ނަމަވެސް، މެޗު ފެށިގެން ދިހަވަނަ މިނެޓުގެ ތެރޭގައި އޭނާއަށް އަނިޔާވުމުން ވަނީ ބިދޭސީ ފޯވާޑް ބެންޖަމިން ތޯމަސް ކުކޫއަށް ބަދަލުކޮށްފައެވެ.

މި އަނިޔާގެ ސަބަބުން އިލާނަށް ވަނީ އެންމެ ފަހުން ޤައުމީ ސީނިއާ ޓީމު ކުޅުނު އެކުވެރިކަމުގެ ތިން މެޗަށް ނެގި ސްކޮޑުން ވެސް ޖާގަ ގެއްލިފައެވެ. ފުރަތަމަ ލަފާކޮށްފައިވާ ގޮތުން ނަމަ ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ހަފްތާގެ ތެރޭގައި އޭނާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު