ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

21 އަހަރަށް ފަހު މެސީ ގައުމީ ޖާޒީ ބާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، އާޖެންޓީނާގެ ޤައުމީ ޓީމަށް 21އަހަރު ވަންދެން ކުޅެދިނުމަށް ފަހު، ބެނިންއާ ދެކޮޅަށް ކުޅުނު ވަދާޢީ މެޗުން މޮޅުވެ، ފަޚުރުވެރިކަމާއި ހިތްހަމަޖެހުމާ އެކު ޤައުމީ ޖާޒީ ބާލައިފިއެވެ. 

އޭނާގެ ފަހު މެޗުގައި ބެނިންގެ މައްޗަށް 3-0ގެ ނަތީޖާއަކުން އާޖެންޓީނާ ކުރިހޯދިއިރު، އެއް ލަނޑު ކާމިޔާބުކޮށް އަނެއް ދެ ލަނޑު ޖެހުމަށް މެސީ ވަނީ މަގުފަހިކޮށްދީފައެވެ. ޤައުމީ ޓީމާ ދުރަށް ދިޔަ ނަމަވެސް، ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މަތިން އަބަދުވެސް ހަނދާންވާނެކަމަށާއި، ކުރިމަގުގައި ވެސް ޓީމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އޭނާ ދިނެވެ. ވޯލްޑް ކަޕާއި، ކޮޕާ އެމެރިކާގެ އިތުރުން ފައިނަލިސީމާ ކާމިޔާބުކުރުމަށް ފަހު ޓީމާ ވަކިވާން ލިބުމަކީ ބޮޑު އުފަލެއްކަމަށް ފާހަގަކުރަމުން މެސީ ބުނީ، ޤައުމީ ޓީމު ހޯދި ބޮޑެތި ކާމިޔާބީތަކަކީ ހަމައެކަނި ފަހުގެ މުބާރާތްތަކުގެ ނަތީޖާ ނޫންކަމަށެވެ. މިއީ އެތައް އަހަރެއްވަންދެން ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާކަމަށް އޭނާ ސިފަކުރިއެވެ.

ތާރީޚީ މި ވަދާޢީ މެޗުގެ 10ވަނަ މިނެޓުގައި މެސީއަށް ޚާއްޞަކޮށް ކުޅުން މެދުކަނޑާލިއިރު، ކޯޗު ލިއޮނަލް ސްކަލޯނީއާއި ކުޅުންތެރިންގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. މެސީއަށް ކޯޗުކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށް ސްކަލޯނީ ބުނިއިރު، ރޭވިފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ މަޤާމުގައި ދެމިހުންނާނެކަން އޭނާ ހާމަކުރިއެވެ. މީގެ އިތުރުން ޒުވާން ތަރި އެންޒޯ ފެނާންޑޭޒް ވަނީ މެސީ ނެތުމުން އަންނާނެ ފަޅުކަން ފާހަގަކޮށް ރޮވިފައެވެ. ހަމައެހެންމެ، ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް ވެސް ވަނީ މެސީދެކެ އިންތިހާއަށް ލޯބިވާކަން އޭނާ ގާތުގައި ހާމަކޮށްފައިވާކަން ފާހަގަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު