ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"100 ސީޓީއެފްޕީ" ޙަރަކާތަށް ވަޒީރުގެ އެއްބާރުލުން

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރާ ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމަށް ފަށާފައިވާ "100ސީޓީއެފްޕީ"ކެމްޕޭނަށް ތާއީދުކުރެއްވި ފުރަތަމަ ވަޒީރަކަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވެވަޑައިގެންފައިވާއިރު، މިކަން ފާހަގަކުރުމުގެ ގޮތުން ލިލީމަގު ޔޫތު ހަބްގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންގެ ކެރުމާއި ޢަޒުމް ބަލައިގަނެ، އެ ފަރާތްތަކާއި ބައިނަލްއަޤްވާމީ ސަޕޯޓަރުންނާ ދެމެދު ގާތް ގުޅުމެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ޙަރަކާތުގެ ދަށުން، ދުނިޔޭގެ ނަންމަޝްހޫރު ކުޅިވަރު ޝަޚުޞިއްޔަތުތަކުގެ މެސެޖުތައް ހިމެނޭ "100 ސީޓީއެފްޕީ" (100ސެލެބްރިޓީސް ޓޯކް ފޯ ޕެރާ އެތުލީޓްސް)ކާޑުތަކެއް ވަނީ ދިވެހި އެތުލީޓުންނާ ޙަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި މި ކާޑުތަކާ ޙަވާލުވީ ޤައުމީ ޕެރާ އެތުލީޓުން ކަމަށްވާ ފާޠިމަތު އިބްރާހީމާއި ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދެވެ.

މި ޚާއްޞަ އިވެންޓުގައި ވަޒީރު ރާފިޢުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއާއި މޯލްޑިވްސް ޕެރާލިމްޕިކް ކޮމިޓީގެ ރައީސާ ޢާއިޝަތު ނަޒްހަތު ބައިވެރިވެވަޑައިގަތެވެ. ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާގެ އިތުރުން އިންޑޮނޭޝިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އެންއޯސީ)ގެ ފުރިހަމަ އެއްބާރުލުން ވެސް މި ކެމްޕޭނަށް ވަނީ ލިބިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ފަހަރުގެ އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެތުލެޓިކްސް، ފެތުން، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ޝޫޓިންގ އަދި ރާޅާއެޅުން ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު