ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޗެސްގައި ގްރޭންޑް މާސްޓަރެއް ބަލިކޮށް ޝުޢާއުއަށް ތާރީޚީ މޮޅެއް!

ޝެއާ ކުރޭ Facebook Telegram Viber X

އުޒްބެކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި މިހާރު ކުރިއަށްދާ 46ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑުގައި، މުބާރާތުގެ މުހިންމު ޕޮއިންޓްތަކެއް ކަށަވަރުކުރުމަށް ޓަކައި ކުޅުނު މެޗުގައި މޮނާކޯގެ ނަންމަޝްހޫރު ގްރޭންޑްމާސްޓަރު އިގޯ އެފިމޮވް ބަލިކޮށް، ރާއްޖޭގެ ޤައުމީ ރާޒުވާ ޓީމުގެ ކެޕްޓަން މުޙައްމަދު ޝުޢާއު ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ޝަރަފުވެރި ކާމިޔާބީއެއް ހޯދައިފިއެވެ.

ރާއްޖޭގެ އެންމެ މަތީ ފިޑޭ ރޭޓިންގ (2207)އޮންނަ ޝުޢާއު ކުރިހޯދާފައި ވަނީ ދުނިޔޭގެ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާ އުމުރުން 66އަހަރުގެ އިގޯއާ ވާދަކޮށް ހަތަރު ގޭމުންނެވެ. މިއާ އެކު އޭނާ ވަނީ މި މުބާރާތުގައި 2.5ޕޮއިންޓް ކަށަވަރުކޮށް، މޮޅު ކުޅުމެއް ސާބިތުކޮށްދީފައެވެ. ޝުޢާއު ބަލިކުރި އިގޯއަކީ 900އަށްވުރެ ގިނަ މުބާރާތް ކުޅެ، ޗެސް ވޯލްޑް ކަޕްގައި ވެސް ފެނިފައިވާ 2263ގެ ރޭޓިންގއެއް އޮންނަ މޮޅު ކުޅުންތެރިއެކެވެ.

މި ފަޚުރުވެރި މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން، ޤައުމީ ޓީމުގެ އެންމެ އިސް ކުޅުންތެރިޔާ ޝުޢާއު ބުނެފައި ވަނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ވާދަކުރާ ގިންތިން ރަން މެޑަލް ހާސިލުކުރުން ކަމަށެވެ. މި މަޤްޞަދަށް ވާސިލުވުމަށް ޓަކައި ޤައުމީ ޓީމުން ވަނީ ކްރޮއޭޝިއާގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުން ވަރަށް ކުރީއްސުރެ ފަރިތަކުރުންތައް ފަށާފައެވެ.

މި ހިނގާ ސެޕްޓެމްބަރު މަހުގެ 15އިން 28ގެ ނިޔަލަށް ބާއްވާ މި ބައިނަލްއަޤްވާމީ ބޮޑު މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ޖުމްލަ 10ކުޅުންތެރިންނެވެ. އޯޕަން އިވެންޓުގެ ކެޓަގަރީ "ޑީ"ގައި ފިރިހެން ޓީމު ވާދަކުރަމުން އަންނައިރު، އަންހެން ޓީމު ވާދަކުރަމުންދަނީ ކެޓަގަރީ "އީ"ގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު