ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްޕެނިޝް ސުޕަރ ކަޕް ތުރުކީގެ އިސްތަންބޫލަށް!

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕާއި މުބާރާތުގެ ތާރީޚުތައް ދިމާވުމުގެ ސަބަބުން، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަ އަހަރުގެ ސްޕެނިޝް ސުޕަރ ކަޕް ތުރުކީގެ އިސްތަންބޫލްގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ބަދަލަކީ މެދުއިރުމަތީގެ ސަލާމަތީ މަސްރަހާ ގުޅިގެން ގެނައި ބަދަލެއް ނޫންކަން ފާހަގަކުރައްވަމުން، ސްޕެއިން އެފްއޭގެ ރައީސް ރަފައެލް ލޫޒާން ވިދާޅުވީ، ސައުދީއާއެކު މިކަމުގެ މަޝްވަރާތައް ފެށުނީ ސަރަހައްދީ ނުތަނަވަސްކަން އުފެދުމުގެ މާ ކުރިން ކަމަށެވެ. ތުރުކީގެ ފުޓްބޯޅަ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތް ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 2ވަނަ ދުވަހުން ފެށިގެން 7ވަނަ ދުވަހުގެ ނިޔަލަށެވެ. 

މި މުބާރާތް ޕްރޮމޯޓްކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި ލޫޒާންގެ އިތުރުން ސައުދީގެ ކުޅިވަރާ ބެހޭ ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ލޫޒާން ހާމަކުރެއްވި ގޮތުގައި މި ނިންމުމަށް ވާސިލުވެފައި ވަނީ ސައުދީ ސަރުކާރާއި އެ ގައުމުގެ މުނިފޫހިފިލުވުމާބެހޭ ކުންފުނި ކަމަށްވާ "ސޭލާ"އާ ދެމެދު ކުރެވުނު ފުރިހަމަ މަޝްވަރާތަކަށް ފަހުގައެވެ. އަދި ބާސެލޯނާ، ރެއާލް މެޑްރިޑް، އެތުލެޓިކޯ މެޑްރިޑް އަދި ރެއާލް ސޮސިއެޑާޑުންވެސް މި ބަދަލާމެދު ރުހޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މުބާރާތަށް ބޭނުންވާ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ތުރުކީގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ގަލަތަސަރާއި، ބެސިކްޓާސް އަދި ފެނަބާޗޭއިން ވެދިން އެހީތެރިކަމަށް ޓަކައި ލޫޒާން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ސުޕަރ ކަޕް ސައުދީގައި ބޭއްވުމަށް ސޭލާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ލިބޭ މާލީ މަންފާތައް އިސްތަންބޫލްގައި ބާއްވާ މުބާރާތުންވެސް ހަމަ އެގޮތަށް ލިބޭނެކަމުގެ ޔަގީންކަން ލޫޒާން ދެއްވިއެވެ. އަދި 2030ގެ ފަހުންވެސް މި އެއްބަސްވުން ދެމެހެއްޓުމާ ގުޅޭގޮތުން ސައުދީގެ އިދާރާތަކާ އެކު ވާހަކަދެކެވެމުންދާ ކަމަށާއި، މި ފަހަރުގެ މުބާރާތް ތުރުކީގައި ބޭއްވުމަށް މަގުފަހިވީ ސައުދީއާއި ތުރުކީއާ ދެމެދު އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު