ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންފަންޓީނޯއާ ދެކޮޅަށް ޔޫރަޕުގެ ކެންޑިޑޭޓެއް

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރިޔާސީ އިންތިހާބުގައި، މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޓަކައި ޔޫރަޕަށް ނިސްބަތްވާ ގާބިލު ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ޔޫއެފާއިން ފަށައިފިއެވެ.

ވޯލްޑް ފުޓްބޯޅަ ސަމިޓުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ޔޫއެފާގެ ނައިބު ރައީސާ ލައުރާ މެކްއަލިސްޓާ ހާމަކުރެއްވި ގޮތުގައި، އިންފަންޓީނޯއާ ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކަށް ހުއްޓުމެއް ނާދެއެވެ. އިންފަންޓީނޯއާ ދެކޮޅަށް ކުރި ކެމްޕޭނުން ޔޫއެފާ ނާކާމިޔާބުވީތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ވިދާޅުވީ، ޔޫއެފާގެ އަމާޒަކީ ފުޓުބޯޅައިގެ އާއިލާ އެއްބައިވަންތަކޮށް، ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ޔޫރަޕުގެ ކެންޑިޑޭޓެއް ނެރުން ކަމުގައެވެ.

މާޗު މަހުގެ އިންތިހާބު އިންފަންޓީނޯ އަލުން ކާމިޔާބުކުރައްވައިފި ނަމަ ދެން ކަންތައްވެގެންދާނެ ގޮތެއް ލަފާކުރަން ދަތިކަމަށް ލައުރާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް އިންތިހާބު ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ކަމުގައިވިޔަސް، ދާދި ފަހުން ފީފާގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކަކީ މުސްތަގުބަލަށް ލިބިގެންދިޔަ ވަރަށް ބޮޑު ފިލާވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫއެފާއިން އިންފަންޓީނޯއާ ދެކޮޅަށް މަސައްކަތް ފަށާފައި ވަނީ، ފީފާގެ މުބާރާތްތަކާއި ވޯލްޑް ކަޕް އިންތިޒާމުކުރުމަށް ވަކި ވިޔަފާރި ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ ހިއްސާތައް އެމެރިކާގެ މަހުޖަނުންތަކަކަށް ވިއްކާލަން އޭނާ މަސައްކަތްކުރެއްވުމާ ގުޅިގެންނެވެ. މި ނިންމުމާ ދެކޮޅަށް ޔޫއެފާގެ އިތުރުން ކޮންކާކަފް އަދި އޭޝިއާގެ ގިނަ ގައުމުތަކަކުން ވަނީ އަޑުއުފުލާފައެވެ. މިފަދަ ފިއްތުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވީ ނަމަވެސް، އިންފަންޓީނޯ ގެންދަވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ޓަކައި ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު