ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވިދިވިދިގެން އެންމެ ގިނަ މެޗުގައި ގޯލު ޖެހުމުގެ ތާރީޚީ ނަސްރަށް

ޝެއާ ކުރޭ Facebook Telegram Viber X

ސައުދީ ޕްރޯ ލީގުގައި ހޮނިހިރު ދުވަހު އަލް ޚަލީޖާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުޖަހައިގެން، ވިދިވިގެން އެންމެ ގިނަ މެޗުގައި ލަނޑުޖެހުމުގެ 87އަހަރުވީ ދުނިޔޭގެ ރެކޯޑު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލ ނަސްރުން މުގުރާލައިފިއެވެ.

އެކެއް-އެކެއްގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވި މި މެޗުގައި އައް ނަސްރަށް ތާރީޚީ ރެކޯޑު ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބްދުﷲ އަލް ހަމްދާނެވެ. ޖެހިޖެހިގެން 93މެޗުގައި ގޯލު ޖަހައިގެން އަލްނަސްރުން މި ރެކޯޑު އާކޮށްފައިވާއިރު، މީގެ ކުރިން މި ރެކޯޑު އޮންނަނީ 1936އާއި 1939އާ ދެމެދު މިފަދަ ނަތީޖާއެއް ނެރުނު އާޖެންޓީނާގެ ރިވަޕްލޭޓްގެ އަތުގައެވެ.

އަލް ޚަލީޖް ކޮޅަށް ޖެހި ލަނޑާއެކު ދުނިޔޭގެ ރެކޯޑު އަލްނަސްރަށް ލިބުނުއިރު، އެ ޓީމުން މެދުކެނޑުމެއް ނެތި ލަނޑު ޖަހަމުންދާ ސިލްސިލާ މިހާރު ވަނީ 94މެޗަށް އިތުރުވެފައެވެ.

އައް ނަސްރުން ޓީމެއްގެ ގޮތުގައި ދުނިޔޭގެ ރެކޯޑެއް ގާއިމުކުރިއިރު، އެ ކްލަބުގެ ތަރި ރޮނާލްޑޯ އަންނަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި 1000ލަނޑު ހަމަކުރާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށް އަމާޒުހިފަމުންނެވެ. ރަސްމީ މުބާރާތްތަކުގައި މިހާތަނަށް އެހެން އެއްވެސް ކުޅުންތެރިއަކަށް ހާސިލުކުރެވިފައިނުވާ މި ލަނޑުދަނޑިއާ ގާތަށް ރޮނާލްޑޯ ޖެހިފައިވާއިރު، އޭނާ ވަނީ މިހާތަނަށް 979ގޯލު ކާމިޔާބުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު