ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޮނަލްޑޯ ޖެހި ގޯލުގެ އަދަދު 979އަށް އަރައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކެރިއަރުގައި 1000ލަނޑު ޖެހުމަށް އަމާޒުހިފާފައިވާ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނަލްޑޯ، ސައުދީ ޕްރޯ ލީގުގައި އަބްހާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ 979ވަނަ ލަނޑު ކާމިޔާބުކޮށް، 2-1ގެ ނަތީޖާއަކުން އަލްނަސްރަށް މުހިންމު ކާމިޔާބީއެއް ހޯދައިދީފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އަލް ނަސްރަށް އެންމެ ފުރަތަމަ ކުރިހޯދައިދިނީ މެޗުގެ 22ވަނަ މިނެޓުގައި ރޮނަލްޑޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެންޖެލޯ ގަބްރިއެލް ނަގައިދިން ރީތި ހުރަހެއް، ގޯލުގެ ދުރު ކަނަށް ބޮލުން ފޮނުވާލައިގެންނެވެ. އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގައި އަލް ހަމްދާން ވަނީ އިތުރު ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ނަމަވެސް، މެޗު ނިމުމުގެ ކުރިން އަބްހާ ޓީމުން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު މެޗުގެ 75ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާބިލް ފެކިރެވެ. މި ކާމިޔާބީއާ އެކު އަލް ނަސްރު މިހާރު އޮތީ ކުޅުނު ހަ މެޗުން ލިބުނު 15ޕޮއިންޓާ އެކު ލީގު ތާވަލުގެ ދެވަނައިގައެވެ. ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ އަލް ހިލާލްއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު