ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނަސްރުން ސީޒަނުގެ ފެށުން ރަނގަޅުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ޕޯޗުގަލްގެ ތަރި ޔާއޯ ފެލިކްސް ކާމިޔާބުކުރި މޮޅު ލަނޑާ އެކު، ސައުދީ ޕްރޮފެޝަނަލް ލީގުގެ އައު ސީޒަނުގެ ފުރަތަމަ މެޗުގައި އަލް ފަތުހުގެ މައްޗަށް 3-0ގެ ނަތީޖާއަކުން ކުރިހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އަލް ނަސްރުން ފެށުން ރަނގަޅުކޮށްފިއެވެ. 

މެޗުގެ ފުރަތަމަ ހާފުގައި އަލް ނަސްރުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން، މެޗުގެ 37ވަނަ މިނެޓުގައި އެންޖެލޯ ގަބްރިއެލް އެ ޓީމަށް ކުރިހޯދައިދިން އިރު، އޭގެ ދެ މިނެޓު ފަހުން ފެލިކްސް ވަނީ ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އިދިކޮޅު ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކައިރިން ނައްޓާލުމަށް ފަހު، އޭރިޔާ ތެރެއަށް ވަދެ ހަނި ގޮޅިއަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ފެލިކްސްގެ މި ހިތްގައިމު ލަނޑަށް، ކުޅިބަލަން އިން އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަރުހީބުދިން މަންޒަރު ވަނީ ފެނިފައެވެ. ޓީމުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވާން ފަށާފައިވީ ނަމަވެސް، އިތުރަށް އަރާމުކުރުމަށް ކްލަބުން އޭނާއަށް ފުރުސަތު ދީފައިވާތީ މި މެޗުގެ ސްކޮޑުގައި އޭނާ ހިމަނާފައެއް ނުވެއެވެ. 

މެޗުގައި އަލް ނަސްރުން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަމޯ ކޮސްޓާއެވެ. މީގެ އިތުރުން، ފާއިތުވި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ރަންބޯޅަ، މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފެލިކްސްއާ ވަނީ ހަވާލުކޮށްފައެވެ. މި މޮޅާއެކު އަލް ނަސްރަށް ވަނީ ފުރަތަމަ މެޗުން ތިން ޕޮއިންޓް ކަށަވަރުވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު