ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހަމޭސް ރޮޑްރިގޭޒް އެނބުރި ކޮލަމްބިއާގެ ލީގަށް ބަދަލުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ކުޑަކުއްޖެއްގެ ގޮތުގައި އުފަން ޤައުމު ދޫކޮށް ދިޔަތާ އެތައް އަހަރެއް ފަހުން، ކޮލަމްބިއާގެ މަޝްހޫރު ފުޓުބޯޅަ ތަރި ހަމޭސް ރޮޑްރިގޭޒް ހިލޭ ޓްރާންސްފާއެއްގެ ދަށުން އެ ޤައުމުގެ އެތުލެޓިކޯ ނަސިއޮނަލްއާ ގުޅިއްޖެކަން އެ ކުލަބުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. 

އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)ގެ މިނެސޮޓާ ޔުނައިޓެޑަށް އެންމެ ފަހުން ކުޅުނު އުމުރުން 35އަހަރުގެ މިޑްފީލްޑަރު ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނަސިއޮނަލްގައި މަޑުކުރާނެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ 12ޤައުމެއްގެ މަތީ ފަންތީގެ ލީގުތަކުގައި ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިޔާގެ ކެރިއަރުގައި ތަމްސީލުކުރާނެ 14ވަނަ ޓީމެވެ.

އުމުރުން އެންމެ 16އަހަރުގައި 2008ވަނަ އަހަރު އާޖެންޓީނާގެ ބަންފީލްޑާ ގުޅުމަށް ކޮލަމްބިއާއިން ފުރި ހަމޭސް ވަނީ ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތައް ކަމަށްވާ ޕޯޓޯ އަދި އޭއެސް މޮނާކޯގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާގެ ނަން މުޅި ދުނިޔެއަށް އެންމެ ބޮޑަށް ވިދާލީ 2014ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ދެއްކި އާދަޔާޚިލާފު މޮޅު ކުޅުމާ ގުޅިގެންނެވެ. އެ މުބާރާތުގައި އުރުގުއޭ ކޮޅަށް ވައްދާލި ހައިރާންކުރުވަނިވި ވޮލީ ގޯލާ އެކު ޖުމްލަ 6ލަނޑު ކާމިޔާބުކޮށް، އޭނާ ވަނީ މުބާރާތުގެ ރަން ބޫޓު ހާސިލުކޮށްފައެވެ. މި ކާމިޔާބީއާ ގުޅިގެން ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުން ވަނީ 75މިލިއަން ޔޫރޯ (87.02މިލިއަން ޑޮލަރު)ގެ ބޮޑު އަގަކަށް އޭނާ އެ ކުލަބަށް ގެންގޮސްފައެވެ.

ފަހުގެ އަހަރުތަކުގައި ކުލަބު ލެވެލްގައި އެދެވޭ ނަތީޖާތަކެއް ނެރުމަށް އުނދަގޫތަކަކާ ކުރިމަތިވި ނަމަވެސް، ކޮލަމްބިއާގެ ރައްޔިތުންގެ މެދުގައި ހަމޭސްގެ މަޤުބޫލުކަމަކަށް ބަދަލެއް ނާދެއެވެ. ޤައުމީ ޖާޒީގައި 131މެޗު ކުޅެދީފައިވާ މި ކުޅުންތެރިޔާ ވަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި މިހާތަނަށް 25މުބާރާތް ކާމިޔާބުކޮށް ކާމިޔާބު ތާރީޚެއް ބިނާކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު