ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޮމަދޫ ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިމިއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްގެން އދ. އޮމަދޫގައި ބިނާކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަތޭކަ އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ކަސްރަތުކުރެވޭނެ އިންތިޒާމުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމާލެވުނު މުހިންމު މަސައްކަތެކެވެ.

މި މަރުކަޒުގެ ބިންގާ އަޅާފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސް މުޢިއްޒު އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ. އެގޮތުން، މި ތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ފެންވަރު ރަނގަޅު ކުޅިވަރުގެ އުމްރާނީ ތަރައްގީތައް ސަރުކާރުން ދަނީ ގެންނަމުންނެވެ. މީގެ ތެރޭގައި އެކި ބާވަތުގެ ކޯޓުތައް އެޅުމާއި، ފުޓުބޯޅަ ދަނޑުތައް ހެދުމުގެ އިތުރުން ފަތާ ޓްރެކްތަކާއި ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްތައް ބިނާކުރުން ހިމެނޭކަން ފާހަގަކުރެވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު