ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އުކުޅަހު އައު ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި

ޝެއާ ކުރޭ Facebook Telegram Viber X

ސަރުކާރުން ރަށްރަށުގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި އަލަށް ބިނާކުރި އައުޓްޑޯ ވޮލީ ކޯޓު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހުޅުއްވައިދެއްވައިފިއެވެ. 

މިއަދު އެ ރަށުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ދައުލަތުގެ އިސްވެރިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެހެންމެ، ސަރުކާރުގެ އެކިއެކި އިދާރާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޯޓު ރަސްމީކޮށް ހުޅުވުމަށް ފަހު، އެކަން ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ އެކުވެރިކަމުގެ ވޮލީ މެޗެއް ވެސް ކުޅެފައެވެ.

ޕްރޮކްސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް އެއް މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ފުރިހަމަކޮށްފައެވެ. 

ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލީ ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢެއްގެ ބައެކެވެ. އެގޮތުން، މިވަގުތު ވެސް އިތުރު ދިހަ ރަށެއްގައި ވޮލީ ކޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު