ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހުޅުމާލޭގައި ބޯލިން އެރީނާއެއް ތަރައްގީކުރަނީ

ޝެއާ ކުރޭ Facebook Telegram Viber X

ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ އައު ވަސީލަތްތައް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ ބޯލިން އެރީނާއަކާއި ފުޓްސަލް އަދި ނެޓްބޯޅައަށް ޚާއްޞަ އިންޑޯ ކޮމްޕްލެކްސްތަކެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށިއްޖެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢުތަކުގެ ތަފްޞީލު އެމަނިކުފާނު ޙިއްޞާކުރެއްވީ "ދަ ޕަލްސް"ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އެންމެ މަޤުބޫލު އެއް ކުޅިވަރު ކަމަށްވާ ފުޓްސަލްއަށް ޚާއްޞަކޮށްގެން މަތިމައްޗަށް ދަނޑުތައް ހިމެނޭހެން ޒަމާނީ އިމާރާތެއް ބިނާކުރުމަށް ވަނީ ނިންމަވާފައެވެ. މިތަނުގައި ބައިނަލްއަޤުވާމީ މުބާރާތްތަކަށް ފެތޭ ދަނޑުތަކާއި ތަމްރީނު ހަދާނެ ޖާގަ ހުންނާނެއެވެ. ހަމައެފަދައިން، ނެޓްބޯޅައަށް ޚާއްޞަ މަރުކަޒެއް ވެސް ބިނާކުރުމަށް ބިން ހަމަޖައްސައި، ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ އިންޑޯ ބޯލިން އެރީނާގެ މަސައްކަތް ވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިހާރު ވަނީ ފެށިފައެވެ. ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި މި އެރީނާގެ ޢަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެއެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކާ އެއްފެންވަރެއްގެ ގޯ-ކާޓް ޓްރެކެއް އެޅުމަށް ބޭނުންވާ ބިން ކަނޑައަޅައި، އެ މަސައްކަތް ވެސް ފަށާފައިވާކަން އެ މަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

ކުޅިވަރުގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން، މާލޭ ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ސާފިން ސްޓޭޑިއަމެއް ހެދުމުގެ ޢަމަލީ މަސައްކަތް ވެސް މިހާރު ފެށިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ނުކުރެވި އޮތް މުހިންމު މަސައްކަތެކެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިހުރިހާ ވަސީލަތްތަކެއްގެ މަސައްކަތް ވެސް އެންމެ ލަސްވެގެން 2028ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ނިންމައި، އާންމުންނަށް ބޭނުންކުރަން ފެށޭވަރު ވާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު