ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޯޗު ވަކިކުރުމުން ޕާކިސްތާނު ކްރިކެޓް ބޯޑުން މިސްބާހު ދުރަށް

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސިވިލާތް އަތުން ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު، އެއްވެސް މަޝްވަރާއަކާ ނުލައި ޓެސްޓު ޓީމުގެ ކޯޗު ޝަފްރާޒް އަހުމަދާއި އިތުރު ކުޅުންތެރިންތަކެއް މަގާމުން ވަކިކުރުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، ޕާކިސްތާނުގެ ކުރީގެ ކެޕްޓަން މިސްބާހުލް ހައްގު އެ ގައުމުގެ ކްރިކެޓް ބޯޑުގެ ސިލެކްޝަން ކޮމިޓީން އިސްތިއުފާދީފިއެވެ.

މިސްބާހު މަގާމުން ދުރަށްދިޔައީ، އިނގިރޭސިންގެ މައްޗަށް ކުރިނުހޯދި 194ލަނޑުގެ ބޮޑު ތަފާތަކުން ޕާކިސްތާނު ބަލިވުމުގެ ސަބަބުން ކަމަށް ބުނެ، ކޯޗު ޝަފްރާޒްގެ އިތުރުން ބޯލިންގ ކޯޗު އުމަރު ގުލްއާއި ޓީމުގެ މުހިންމު ހަތް ކުޅުންތެރިއަކު ކުއްލި ގޮތަކަށް ބާކީކުރިތާ އެންމެ ދުވަހެއް ފަހުންނެވެ.

މިސްބާހުގެ އަރިސް ފަރާތްތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކްރިކެޓް ބޯޑަށް އޭނާގެ އިސްތިއުފާގެ ސިޓީ މިހާރު ވަނީ ފޮނުވާފައެވެ. ނަމަވެސް އެ ސިޓީއަށް ބޯޑުން އަދި ވަކި އެއްޗެއް އަންގާފައެއް ނުވެއެވެ. އޭނާ މަގާމު ދޫކޮށްލި މައިގަނޑު ސަބަބަކީ ކޮމިޓީއާ އެއްވެސް ވަރަކަށް ހިޔާލު ބަދަލުކުރުމެއް ނެތި، ކޯޗުންނާއި ކުޅުންތެރިން ވަކިކުރުމަށް ބޯޑުން އަމިއްލައަށް ނިންމި ނިންމުންކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނު ކްރިކެޓް ބޯޑުގެ މި ހަރުކަށި ނިންމުންތަކަށް އެ ގައުމުގެ ކްރިކެޓް ލެޖެންޑުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިގޮތުން، ގައުމީ ޓީމުގެ ކުރީގެ ކޯޗު މިކީ އާތަރ ބުނެފައިވަނީ، ޕާކިސްތާނުގެ ކްރިކެޓް ކުރިއަރަމުން އައީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ރޭވުންތެރިކަމާއެކު ކަމަށް އޭނާ ކުރިން ގަބޫލުކުރި ނަމަވެސް، ކޯޗުން ވަކިކުރުމަށް އެޅި ކުއްލި ފިޔަވަޅާ އެކު އެފަދަ އެއްވެސް އޮނިގަނޑެއް ނެތްކަން ހާމަވެއްޖެ ކަމަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު