ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޖީޖީ ސްޕޯޓްސް ބަލިކޮށް ވެމްކޯ ސެމީއަށް

ޝެއާ ކުރޭ Facebook Telegram Viber X

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ވީއޭއެމް ކަޕް 2026"ގެ އަންހެން ޑިވިޝަނުގައި ޖީޖީ ސްޕޯޓްސް އެކެޑަމީގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯއިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭގެ ކޯޓުގައި ކުޅުނު ޕޫލް ބީގެ މި މެޗުގައި ވެމްކޯއިން ވަނީ ފަސޭހަކަމާއެކު މޮޅުވެފައެވެ. އެޓީމުން ސެޓުތައް ހޯދާފައިވަނީ 25-12، 25-06އަދި 25-20އިންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ވެމްކޯއިން ވިދިވިދިގެން ހޯދި ދެވަނަ މޮޅެވެ. މީގެ ކުރިން ޖީޖީ ސްޕޯޓްސް ވަނީ ރާއްޖެ ވޮލީ ކްލަބްގެ މައްޗަށް ކުރިހޯދައި އެއް މޮޅު ހޯދާފައެވެ. 

މި މޮޅާއެކު ޕޫލް ބީގެ އެއްވަނައިގައި 6ޕޮއިންޓާއެކު މިވަގުތު އޮތީ ވެމްކޯއެވެ. ތިން ޕޮއިންޓާ އެކު އެމްޓީސީސީ އަދި ޖީޖީ ސްޕޯޓްސް އެކެޑަމީ އޮތްއިރު، ރާއްޖެ ވޮލީ ކްލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ. މީގެ އިތުރުން، ޕޫލް އޭއަށް ބަލާއިރު، ދެ މެޗުން މޮޅުވެ ހުރާ ކޮމިއުނިޓީ ކްލަބް ކުރީގައި އޮތްއިރު، ޕޮލިސް ކްލަބާއި ސިޓީ ފްރެންޑްސް ކްލަބަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އަދި އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗުތައް ބެލުންތެރިންނާ ހަމައަށް "ސަން ޕްލޭ"އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. އޮންލައިންކޮށް މެޗު ބެލުމަށް 25ރުފިޔާގެ ޓިކެޓެއް ނަގަން ޖެހޭއިރު، ކޯޓަށް ގޮސްގެން މެޗު ބަލާ ފަރާތްތަކަށް 30ރުފިޔާއަށް ޓިކެޓު ލިބޭނެއެވެ. މެޗު ފެށުމުގެ އެއް ގަޑިއިރު ކުރިން ޒުވާނުންގެ މަރުކަޒުން ޓިކެޓު ވިއްކަން ފަށާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު