ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ "ވީއޭއެމް ކަޕް 2026"ގެ ފިރިހެން ޑިވިޝަނުގެ ކުޅުން، ޖުމްލަ އަށް ޓީމަކާ އެކު މި މަހުގެ 12ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފެށުމަށް ހަމަޖައްސައިފިއެވެ.
މި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ މި މުބާރާތުގެ ގުރުއަތުލުން މިހާރު ވަނީ ބާއްވާފައެވެ. މުބާރާތުގައި ވާދަކުރާ އަށް ޓީމު ވަނީ ދެ ޕޫލަކަށް ބަހާލެވިފައެވެ.
ގުރުއަތުން ދައްކާގޮތުގައި ޕޫލް އޭ ގައި ވާދަކުރާނީ ކުލަބު އެޗްޑީސީ، ޔުނައިޓެޑް ހެންވޭރިއަންސް، ޕޮލިސް ކުލަބު އަދި ލަޔަންސް ރެކްރިއޭޝަން ކުލަބެވެ. މީގެ އަނެއްކޮޅުން ޕޫލް ބީ ގައި ފެނިގެންދާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)، ކުލަބު އެމްޓީސީސީ، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ އިތުރުން ސަން ސްޕޯޓްސް ކުލަބެވެ.
މިދިޔަ އަހަރުގެ ވީއޭއެމް ކަޕުގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބުން ދިފާއުކޮށްފައި ވަނީ ފޯރިގަދަ ފައިނަލެއްގައި 3-2ސެޓުން ކުލަބު އެޗްޑީސީގެ މައްޗަށް ކުރިހޯދައިގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.