ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކުއާޓާއިން ބަލިވެ ކަރިންއަށް މުބާރާތް ނިމިއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)އިން މާލޭގައި ކުރިއަށްގެންދާ ޖޭ 30މުބާރާތުގެ ދެވަނަ ހަފުތާގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޗައިނީޒް ޓައިޕޭގެ ޕެއާއަކާ ވާދަކޮށް ބަލިވުމުން، ރާއްޖޭގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އައިޝަތު ކަރިން ސައިޒާންއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ބަންދުވެއްޖެއެވެ.

މާލޭ ޓެނިސް ކޯޓުގައި ކުޅުނު މި މެޗުގައި ކަރިންއާއި އޭނާގެ ޕާޓްނަރު އަނާ ސްޓެޕަންޔަންޓު ނުކުތީ އެލެކްޒެންޑްރާ ޕޮރޮޝީނާ އަދި ޔޫ އާން ލޫގެ ޕެއާއާ ދެކޮޅަށެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ކުރިމަތިލުން އިދިކޮޅު ޕެއާއިން ކާމިޔާބުކުރީ 07-05އަދި 05-02އިން ސެޓުތައް ހޯދައިގެންނެވެ.

މި ނަތީޖާއާއެކު ކަރިންއަށް މުބާރާތް ނިމުނު ނަމަވެސް، ފުރަތަމަ ހަފުތާގެ ސިންގަލްސް އިވެންޓެކޭ އެއްފަދައިން މި ހަފުތާގައިވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ އެންމެ ފަހުގެ ކުރިމަތިލުންތައް ހޮނިހިރު ދުވަހަށް ތާވަލުކުރެވިފައިވާއިރު، އެ ދުވަހު އަންހެން އަދި ފިރިހެން ކެޓަގަރީގެ ސިންގަލްސްއާއި ޑަބަލްސް ފައިނަލް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އުމުރުން 14އަހަރާއި 18އަހަރާ ދެމެދުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ދެ ހަފުތާގެ މުއްދަތަށް މާލޭގައި ބާއްވާ މި މުބާރާތް މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ދުނިޔޭގެ ނަންމަޝްހޫރު ޤައުމުތައް ކަމަށްވާ ރަޝިއާ، ޗައިނާ، އެމެރިކާ، ކެނެޑާ، އިންޑިއާގެ އިތުރުން ސްރީލަންކާ އަދި ތައިލެންޑުގެ ހުނަރުވެރި ކުޅުންތެރިން މި މުބާރާތުގައި ދަނީ ވާދަކުރަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު