ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

17 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއަށް އުނދަގޫ ގްރޫޕެއް!

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އަހަރު އުޒްބެކިސްތާނުގައި ބާއްވާ 17އަހަރުން ދަށުގެ އޭޝިއަން ކަޕުން ޖާގަ ހޯދުމަށް، އަންނަ ނޮވެމްބަރު މަހު ތައިލެންޑުގައި ކުޅޭ ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖޭގެ ޒުވާން ޤައުމީ ޓީމު، އޭޝިއާގެ ފުޓުބޯޅައިގެ ގަދަބާރުތަކެއް ހިމެނޭ ވަރަށް އުނދަގޫ ގްރޫޕެއްގައި ލައްވާލައިފިއެވެ.

ބުރާސްފަތި ދުވަހު ނެގި ގުރުއަތުލުމުގެ ނަތީޖާ ދައްކާގޮތުން، ރާއްޖެ ލައްވާލާފައި ވަނީ މުބާރާތުގެ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ރާއްޖެއާ އެކު ދެން ވާދަކުރަން ޖެހެނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލެންޑާއި، އިރާގާއި، ހޮންގް ކޮންގްގެ އިތުރުން ޗައިނީސް ޓައިޕޭއެވެ. މި ގްރޫޕުގެ މެޗުތައް ތައިލެންޑުގައި ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތަށް ކޮލިފައިވާނީ ގްރޫޕުގެ އެއްވަނަ ހޯދާ ޓީމެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ޗައިނީސް ޓައިޕޭއާ ދެކޮޅަށެވެ. އެއަށް ފަހު ދެވަނަ މެޗުގައި ހޮންގް ކޮންގްއާ ބައްދަލުކުރާއިރު، ތިންވަނަ މެޗުގައި ނުކުންނަން ޖެހޭނީ ތައިލެންޑާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ވަރުގަދަ އިރާގާ ދެކޮޅަށެވެ.

މީގެ ކުރިން ބޭއްވި އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ވެސް ރާއްޖޭގެ ޓީމު ވަނީ ވާދަކޮށްފައެވެ. ތައިލެންޑުގައި ކުޅުނު އެ މެޗުތަކުގައި ތައިލެންޑް، ތުރުކުމެނިސްތާން، ކުވެއިތު އަދި މޮންގޯލިއާއާ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ ތިން މެޗުން ބަލިވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު