ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސާވީނިއޯ ސްޕަރސްއަށް ވިއްކާލަން ސިޓީން އެއްބަސްވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއަރ ލީގު އެންމެ ކުރީގައި ވާދަކުރާ ޓޮޓެންހަމް ހޮޓްސްޕަރގެ ކުރީކޮޅު ވަރުގަދަ ކުރުމުގެ ބޭނުމުގައި، މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިޔާ ސާވީނިއޯ 85މިލިއަން ޕައުންޑުގެ އަގަކަށް އެ ކުލަބަށް ގެންދިއުމަށް ދެ ޓީމުގެ ދެމެދުގައި ރަސްމީކޮށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ. 

ޖުމްލަ 85މިލިއަން ޕައުންޑުގެ މި ޓްރާންސްފަރގެ ދަށުން، ސްޕަރސް އިން ފުރަތަމަ 75މިލިއަން ޕައުންޑު ދެއްކުމަށްފަހު، ބާކީ 10މިލިއަން ޕައުންޑު ހަމަޖައްސާނީ އިތުރު ކަންތައްތަކަކާއި ގުޅުވައިގެންނެވެ. އުމުރުން 22އަހަރުގެ ކުޅުންތެރިޔާ ސްޕަރސްގެ މެޑިކަލް ޓެސްޓުތައް ފުރިހަމަކުރުމުގެ ހުއްދަ ސިޓީން މިހާރު ދީފައިވާއިރު، މިއީ ފާއިތުވި ސީޒަނުގައި ވެސް ސްޕަރސްއިން ހާސިލުކުރަން އުޅެ، ނާކާމިޔާބުވި ޓްރާންސްފަރއެކެވެ. ނިމިދިޔަ ސީޒަނުގައި ސިޓީގައި މަޑުކުރަން ސާވީނިއޯ ނިންމި ނަމަވެސް، ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އޭނާއަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން މިއީ ވޭތުވެދިޔަ 12މަސްދުވަހަށް ދެމިގެންދިޔަ ދިގު އިންތިޒާރެއްގެ ނިމުންކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ސްޕަރސްގެ އައު ކޯޗު ރޮބާޓޯ ޑި ޒަރބީގެ އިރުޝާދުގެ ދަށުން އެ ޓީމުގެ އެޓޭކިންގ ލައިން ވަރުގަދަ ކުރުމަށް އަމާޒު ހިފާފައިވާއިރު، އެ ކުލަބުން ވަނީ މިހާތަނަށް މެދުތެރެއަށް 185މިލިއަން ޕައުންޑު ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި ވެސްޓް ހޭމްގެ މެތިއަސް ފެނާންޑޭސް އަދި ނިއުކާސްލްގެ ސަންޑްރޯ ޓޮނާލީ ގެންނަން ކުރި ހޭދަ ހިމެނެއެވެ. މީގެ އިތުރުންވެސް، ސިޓީގެ މިސްރު ފޯވަޑް އޮމަރު މަރުމޫޝް ހޯދުމުގެ މަޝްވަރާތައް ސްޕަރސް އިން ކުރިއަށްގެންދާ ކަމަށާއި، މި ވާހަކަތައް އޮތީ ވަރަށް އުންމީދީ ހިސާބެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. 

މަރުމޫޝް އަކީ 59މިލިއަން ޕައުންޑުގެ ފީއަކަށް ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފަޓުން ސިޓީއާ ގުޅުނު ކުޅުންތެރިއެކެވެ. ކުރިއަށް އޮތް ސީޒަނާ ކުރިމަތިލާއިރު ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން ނިންމާފައިވުމާ އެކު، ސިޓީގެ ސްކޮޑުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ. ހަމަ އެހެންމެ، ލިވަޕޫލްގެ ކޯޑީ ގަކްޕޯއަށް ސްޕަރސްއިން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، ސާވީނިއާއާއި މަރުމޫޝްގެ ޑީލްތައް ކާމިޔާބުވެއްޖެ ނަމަ، ގަކްޕޯ ހޯދުމުގެ ވިސްނުން ސްޕަރސްއިން ދޫކޮށްލާނެކަމަށް މުރާސިލުން ލަފާކުރެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު