ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްކޮޑަށް އިތުރު ކުޅުންތެރިން ބޭނުންވޭ: ކެރިކް

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް އިނގިރޭސި ޕްރެމިއަރ ލީގުގެ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑުން ކުރަމުންދާ މަސައްކަތްތަކުގައި، އެ ޓީމުގެ ސްކޮޑު އަދިވެސް އެންމެ ފުރިހަމަ ނޫންކަމަށް ފާހަގަކޮށް، ޓީމުގެ މެދުތެރެއާއި ފަހަތް ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ބޭނުންވާކަމަށް އެ ކުލަބުގެ ކޯޗު މައިކަލް ކަރިކް ހާމަކޮށްފިއެވެ. 

ފާއިތުވި ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑާ ހަވާލުވެ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އެ ޓީމަށް ކަށަވަރުކޮށްދިން ކަރިކް ބުނިގޮތުގައި، ޓީމުގެ މުހިންމު ތިން މަގާމަކަށް އަދިވެސް ކުޅުންތެރިން ހޯދަންޖެހެއެވެ. އެގޮތުން، ޓީމުގެ އުނިކަންތައްތައް ފޫބެއްދުމަށް ޓަކައި އައު ކުޅުންތެރިން ގެނައުމަށް ކުލަބުގެ މެނޭޖްމަންޓުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ފާހަގަކުރިއެވެ.

އައު ސީޒަނާ ކުރިމަތިލާއިރު، ޔުނައިޓެޑުން މިހާތަނަށް ވަނީ ބޮޑު އަގެއްގައި ދެ ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. އެއީ އެސްޓަން ވިލާއިން 35މިލިއަން ޕައުންޑަށް ގެނައި ޔޫރީ ޓީލެމަންސްގެ އިތުރުން ޗެލްސީން 500މިލިއަނަށް ގަތް އަންދެރޭ ސަންޓޯސްއެވެ. މީގެ އިތުރުން، ބްރައިޓަންއަށް ކުޅެމުން އަންނަ ކާލޮސް ބަލެބާ ގެނައުމުގެ މަޝްވަރާތައް ވެސް އެ ކުލަބުން ދަނީ ކުރަމުންނެވެ. 

މީގެ އިތުރުން، ކުރީގެ ކޯޗުންނާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ޓީމާ ދުރުގައި ދެ ސީޒަން ހޭދަކުރުމަށް ފަހު، ފޯވާޑް މާކަސް ރަޝްފޯޑް އަލުން ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ވަނީ ބައިވެރިވާން ފަށާފައެވެ. ސްޕެއިންގެ ބާސެލޯނާއާ އެކު ހޭދަކުރި މުއްދަތަށް ފަހު، އޭނާ އެނބުރި އައީ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަނުވާތީއެވެ. ކަރިކް ވަނީ ރަޝްފޯޑަކީ އޭނާގެ އިރުޝާދުގެ ދަށުން ޓީމުގެ ކުރީކޮޅަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ، ގިނަ އޮޕްޝަންތަކެއް ފަހިކޮށްދޭނެ މުހިންމު ކުޅުންތެރިއެއްކަމަށް ސިފަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު