ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެނބުރި އައި ރަޝްފާޑަށް ކެރިކްގެ ތައުރީފް

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަނާ ކުރިމަތިލާއިރު، މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑްގެ ފިޓްނަސްއަށް ކޯޗު މައިކަލް ކެރިކް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާއިރު، ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ސްކޮޑު ވަރުގަދަކުރުމުގެ މަސައްކަތް އެ ކުލަބުން ފަށައިފިއެވެ.

އަލަށް ޕްރޮމޯޓުވެފައިވާ ހަލް ސިޓީއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެމުން ކެރިކް ބުނެފައި ވަނީ، ޑަބްލިންގައި ލިސަންޑްރޯ މާޓިނޭޒްއާއި ކޮބީ މައިނޫއާއެކު ރަޝްފޯޑް ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި ވަގުތުން ފެށިގެން އޭނާގެ ފަރާތުން ފެންނަނީ ވަރަށް ފުރިހަމަ ތައްޔާރީތަކެއް ކަމަށެވެ. ކުޅުމަށް އިންތިހާއަށް ބޭނުންވެފައި ހުރި ރަޝްފޯޑްގެ ފެންވަރާއި ހަށިގަނޑުގެ ވަރުގަދަކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ޔުނައިޓެޑްގެ ކޯޗު ވަނީ ފާހަގަކޮށްފައެވެ.

ކުރީގެ މެނޭޖަރު ރުބެން އަމޮރިމްއާ ދެމެދު އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުން 2024ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު ރަޝްފޯޑް ޔުނައިޓެޑަށް ކުޅެފައެއް ނުވެއެވެ. އޭގެ ފަހުން އޭނާ ވަނީ ލޯނެއްގެ ދަށުން ބާސެލޯނާ އަދި އެސްޓަން ވިލާގައި 18މަސް ދުވަސް ހޭދަކޮށްފައެވެ. ގޭރީ ނެވިލް ދާދި ފަހުން އޭނާއަށް އަމާޒުކޮށް ދެއްކި ވާހަކަތަކަށް ރައްދުދެމުން މި ފޯވާޑް ބުނެފައި ވަނީ، މީޑިއާގެ ސަމާލުކަމަށް ވުރެ ބޮޑަށް މިހާރު އޭނާ އިސްކަންދެނީ ހަމައެކަނި ފުޓްބޯޅަ ކުޅުމަށް ކަމަށެވެ.

މި ސީޒަނަށް ޓީމު ރަނގަޅުކުރުމުގެ ގޮތުން ޔުނައިޓެޑުން މިހާތަނަށް ވަނީ ބްރެޒިލްގެ އެންޑްރޭ ސަންޓޯސްގެ އިތުރުން ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލަމެންސް ގެނެސް މެދުތެރެ ވަރުގަދަކޮށްފައެވެ. ސެޕްޓެމްބަރު 1ވަނަ ދުވަހު ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކުރަމުންދާކަން ކެރިކް ކަށަވަރުކޮށްދިނެވެ. މިގޮތުން ބްރައިޓަންއަށް ކުޅެމުންދާ ކާލޮސް ބަލޭބާ ގެނައުމަށް އެ ކުލަބުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ ސީޒަނުގައި އޭނާ ވިއްކާލުމަށް ބްރައިޓަންއިން 100މިލިއަން ޕައުންޑް ޑިމާންޑްކުރުމާ ގުޅިގެން އެ ޓްރާންސްފާ ވަނީ ނާކާމިޔާބުވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު