ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހަންގޭރީގެ އެފްއޭ ވެސް އިންފަންޓީނޯއާ ދެކޮޅު

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް އެ އިދާރާގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނޭ ހަންގޭރީގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ސެންޑްރޯ ސާނީ ނުކުމެވަޑައިގެންފިއެވެ.

ބޭންކިން ދާއިރާގެ މަހުޖަނެއް ކަމަށްވާ ސާނީ ވަނީ އިންފަންޓީނޯއަށް ކުރައްވަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް ބުނެ ބަޔާނެއް ނެރުއްވާފައެވެ.

އަންގާރަ ދުވަހު ސާނީ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ފީފާގެ ސީއީއޯ ކެވިން ލެމުއާ މަގާމުން ވަކިކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. އޭއެފްޕީ އަށް ލިބިފައިވާ އެ ސިޓީގެ ކޮޕީއެއްގައި ސާނީ ވިދާޅުވެފައިވަނީ، "ކުރިން އަހަރެން ބާއްވަމުން ދިޔަ އިތުބާރު ގެއްލިއްޖެ"ކަމަށެވެ.

އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވާކަން މީގެ ކުރިން ހާމަކުރައްވާފައިވާ ނައިބު ރައީސުންގެ ތެރޭގައި ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން އާއި، އުތުރު އެމެރިކާ ބައްރުގެ ފުޓްބޯޅަ އިދާރާ (ކޮންކާކަފް)ގެ ރައީސް ވިކްޓަރ މޮންޓާލިއާނީގެ އިތުރުން އޭޝިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، އިނގިރޭސި އެފްއޭގެ ޗެއާޕާސަން އަދި ފީފާގެ އަންހެން ނައިބު ރައީސް ޑެބީ ހިއުއިޓް ވެސް ވަނީ އިންފަންޓީނޯއަށް ކުރައްވާ ތާއީދު އަނބުރާ ގެންގޮސްފައެވެ.

ޖުމުލަ 37މެންބަރުންގެ މައްޗަށް އެކުލެވޭ ފީފާ ކައުންސިލުގައި ހިމެނޭ ނައިބު ރައީސުންގެ ތެރެއިން މިހާރު އިންފަންޓީނޯއަށް ތާއީދުކުރައްވަނީ މަދު ބޭފުޅެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދެކުނު އެމެރިކާގެ ކޮންމެބޯލްގެ ރައީސް އަލެހާންޑްރޯ ޑޮމިންގޭޒްއާއި، އެފްރިކާގެ ފުޓްބޯޅަ ކޮންފެޑަރޭޝަނުގެ ޕެޓްރިކް މޮސެޕޭ އަދި އޯޝިއޭނިއާގެ ލެމްބާޓް މަލްޓޮކް އެކަންޏެވެ. މި ބޭފުޅުން ފިޔަވައި އެހެން އެއްވެސް ނައިބު ރައީސެއްގެ ތާއީދެއް މިހާރު އިންފަންޓީނޯއަކަށް ނެތެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު