ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންޓަރ ރިސޯޓް ކްރިކެޓް ތަށި ކްރޮސްރޯޑްސްއަށް

ޝެއާ ކުރޭ Facebook Telegram Viber X

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން މާފަންނު އެކުވެނީގައި ބޭއްވި 17ވަނަ އިންޓަރ ރިސޯޓް ކްރިކެޓް މުބާރާތުގެ ފައިނަލްގައި ސަން ސިޔާމް ރިސޯޓްސްގެ މައްޗަށް ދެ ލަނޑުގެ ހަނި ތަފާތަކުން ކުރިހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ކްރޮސްރޯޑްސް މޯލްޑިވްސްއިން ބުދަ ދުވަހު ކާމިޔާބުކޮށްފިއެވެ.

މުޅި މުބާރާތުގައި ވެސް އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓައިގެން ކްރޮސްރޯޑްސްއިން ތަށި ހޯދިއިރު، ފައިނަލް މެޗުގައި ގުރުދިމާވުމުން އެ ޓީމުން ނިންމީ ކުޅެން އަރާށެވެ. މިގޮތުން ކަނޑައެޅިފައިވާ ތިން އޯވަރުގެ ތެރޭގައި އެ ޓީމުން ވަނީ 116ލަނޑު އެއްކޮށްފައެވެ. ޖަވާބުގައި ކުޅެން ނުކުތް ސަން ސިޔާމް ރިސޯޓްސްއަށް ތިން އޯވަރުގެ ތެރޭގައި ހެދުނީ 114ލަނޑެވެ. 

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކްރޮސްރޯޑްސްގެ ދަނަންޖަޔާ މަދޫޝާން ހޯދިއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެސް އެ ޓީމުގެ ދަނުޝްކާ ސެނަދީރާއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ބެޓްސްމަން އަދި އެންމެ މޮޅު ބޯލަރަކަށް އެމް ސުރަންޖަން ހޮވުނުއިރު، އެންމެ މޮޅު ފީލްޑަރަކީ މަނިޝް ރަސްތޫރީއެވެ.

ޖުމްލަ 11ރިސޯޓަކުން ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމާ ޓްރޮފީ ހަވާލުކޮށްދެއްވީ ސީބީއެމްގެ ރައީސް މުޙައްމަދު ފައިސަލްއެވެ. އަދި އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް މެޑައްޔާއި ޓްރޮފީ ބަހައިދެއްވީ އެ ބޯޑުގެ ނައިބު ރައީސް އަޙްމަދު އިސްޙާޤުއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު