ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވީއޭއެމް ކަޕް 2026: ސެމީ ފައިނަލް ،މާދަމާ

ޝެއާ ކުރޭ Facebook Telegram Viber X

މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްގެންދާ "ވީއޭއެމް ކަޕް 2026"ގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ޖާގަތައް ކަށަވަރުކުރުމަށް ކުޅޭ ސެމީ ފައިނަލްގެ ފޯރިގަދަ މެޗުތައް މާދަމާ ކުޅުމަށް ތާވަލުކޮށްފިއެވެ.

މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީއާ ދެކޮޅަށް ނުކުންނާނީ ކްލަބް އެމްޓީސީސީއެވެ. އަދި މާދަމާ ރޭ ކުޅޭ ދެވަނަ ސެމީ ފައިނަލުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އިން ލަޔަންސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ނުކުންނާނެއެވެ.

ޖުމްލަ އަށް ޓީމު ދެ ޕޫލަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގެ ސެމީއިން ކްލަބް އެޗްޑީސީ ޖާގަ ހޯދީ ޕޫލް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުން ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް އަށް ޕޮއިންޓް ހޯދާފައެވެ. މި ޕޫލުން ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ލަޔަންސްއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން ވަނީ ދެ މެޗުން މޮޅުވެފައެވެ.

ޕޫލް ބީއަށް ބަލާއިރު، އެ ޕޫލުގެ އެއްވަނަ ހޯދީ ތިން މެޗުން މޮޅުވެ އަށް ޕޮއިންޓް ހޯދި ޑީއެސްސީއެވެ. އަދި ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެ ޕޫލުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ ފުރުޞަތު ހޯދީ އެމްޓީސީސީއެވެ.

މި މުބާރާތުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ތިންވަނަ ހޮވާ މެޗުގެ އިތުރުން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރާ ފައިނަލް މެޗު ވެސް ކުޅޭނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު