ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"ޖޭ 30"ގައި ދިވެހި ހަތަރު ކުޅުންތެރިއަކަށް ފުރިހަމަ ކާމިޔާބީއެއް!

ޝެއާ ކުރޭ Facebook Telegram Viber X

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)އާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މާލޭގައި ފެށި "އައިޓީއެފް ޖޭ 30"މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތަކުން ރާއްޖޭގެ އުންމީދީ ހަތަރު ކުޅުންތެރިން ކަމަށްވާ ނަބާ ނިޝާން، އާއިޝަތު ކަރިން ސައިޒާން، ލާރާ މުހައްމަދު ޝާމިން އަދި ނަޔާރާ އުސާމާ ޢަލީ މޮޅުވެ، މުބާރާތުގެ ފެށުން ވަރަށް ފުރިހަމައަށް ކާމިޔާބުކޮށްފިއެވެ.

ހޯމަ ދުވަހު ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ބަލާއިރު، ލާރާ ވަނީ އިންޑިއާގެ މައިތާ ޓޮޕްނޯއާ ވާދަކޮށް ތިން ސެޓުގެ ތެރެއިން ދެ ސެޓު ކާމިޔާބުކޮށްގެން މެޗު އޭނާގެ ކޮޅަށް އަނބުރާލާފައެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-0، 2-6އަދި 10-7އިންނެވެ. މީގެ އިތުރުން، ކެނެޑާގެ މިޝިކާ ސުރޭޝް ބާލާޖީއާ ދެކޮޅަށް ކުޅުނު މެޗު ނަޔާރާ ވަނީ 6-0އަދި 6-2ގެ ނަތީޖާއަކުން ވަރަށް ފަސޭހަކަމާ އެކު ކާމިޔާބުކޮށްފައެވެ. ނަބާ އަދި ކަރިން ވެސް ވަނީ އެ ކުޅުންތެރިންގެ ފުރަތަމަ ކުރިމަތިލުންތަކުން މޮޅުވެ މުހިންމު ފެށުމެއް ހޯދާފައެވެ.

މިއަހަރުގެ މި މުބާރާތަކީ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ޤައުމުތަކަކުން ކުޅުންތެރިން ބައިވެރިވާ ފޯރިގަދަ މުބާރާތެކެވެ. އެގޮތުން، އެމެރިކާ، ކެނެޑާ، ޗައިނާ، ރަޝިއާގެ އިތުރުން އިންޑިއާ، ތައިލޭންޑް އަދި އަވަށްޓެރި ސްރީލަންކާގެ ހުނަރުވެރި ކުޅުންތެރިން މި މުބާރާތުގައި ވާދަކުރަމުންދެއެވެ.

އުމުރުން 14އަހަރާއި 18އަހަރާ ދެމެދުގެ ޒުވާން ޓެނިސް ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް ރޭވިފައި ވަނީ ޖެހިޖެހިގެން އަންނަ ދެ ހަފުތާއަށް ބަހާލައިގެން ދެ މުބާރާތެއްގެ ގޮތުގައެވެ. މާލޭގެ ޓެނިސް ކޯޓުގައި ކުޅެވޭ މި މުބާރާތުގެ ފޯރިގަދަ މެޗުތައް މި ހިނގާ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު