ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެމްޓީސީސީއާއި ސިފައިންގެ ކާމިޔާބީގެ ކުރިއަށް

ޝެއާ ކުރޭ Facebook Telegram Viber X

މިހާރު ކުޅެމުންދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން މޮޅުވެ، ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އެމްޓީސީސީން ކާމިޔާބީގެ ސިލްސިލާ މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ވާދަކޮށް، އެމްޓީސީސީން ވަނީ ފުރިހަމަ ކުޅުމަކާއެކު ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބުކުރީ 25-17، 25-21އަދި 25-22އިންނެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ސަން ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ، ސިފައިންގެ ކުލަބުންވެސް ވަނީ މޮޅު ކުޅުމެއް ދައްކައި ސީދާ ތިން ސެޓުން ކުރި ހޯދާފައެވެ. އެ މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-14، 25-08އަދި 25-20އިންނެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި، ދަނޑިމަގު ޓީމު ވަނީ މީގެ ކުރިން ކުޅުނު ފުރަތަމަ މެޗުގައި ސިފައިންގެ އަތުން 3-2ސެޓުން ބަލިވެފައެވެ. 

ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތް ބަހާލެވިފައިވަނީ ދެ ޕޫލަކަށެވެ. އެމްޓީސީސީ އާއި ސިފައިންގެ އިތުރުން ދަނޑިމަގާއި ސަން ހިމެނެނީ ޕޫލް ބީ ގައެވެ. އަނެއްކޮޅުން ޕޫލް އޭ ގައި އެކުލެވެނީ އެޗްޑީސީ، ޕޮލިސް ކުލަބް، ޔުނައިޓެޑް ހެންވޭރިއަންސް އަދި ލަޔަންސްއެވެ.

މުބާރާތުގެ ފޯރިގަދަ އިތުރު ދެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. އެގޮތުން މިއަދު ހަވީރު ޕޮލިސް ކުލަބާއި ލަޔަންސް ރެކްރިއޭޝަން ކުލަބު ބައްދަލުކުރާއިރު، މިރޭގެ މެޗުގައި ނުކުންނާނީ ދަނޑިމަގާއި ސަންއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު