ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލަޔަންސް ބަލިކޮށްސިފައިންގެ ކުލަބުން ފެށުން ކާމިޔާބުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

މިއަހަރުގެ ޤައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ލަޔަންސް ރެކްރިއޭޝަން ކުލަބު ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން މުބާރާތުގެ ފެށުން ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފިއެވެ. 

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ސެޓުތައް ސިފައިން ކާމިޔާބުކުރީ 25-16، 25-20އަދި 25-16އިންނެވެ. ފުރަތަމަ ސެޓު ފަސޭހަކަމާއެކު ސިފައިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓާއި ތިންވަނަ ސެޓުގެ ކުރީކޮޅު ލަޔަންސްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ލީޑު ވެސް ނަގާފައެވެ. އެހެންނަމަވެސް، ތަޖުރިބާގެ ބޭނުން ހިފައި ދެ ސެޓުގެ ވެސް މެދަކާ ހިސާބުން ސިފައިން ވަނީ ގޯސްތައް މަދުކޮށް، މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދައި މެޗު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި މި އަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރެއެވެ. ސިފައިންނާއި ލަޔަންސްގެ އިތުރުން ދެން ހިމެނެނީ ޕޮލިސް ކުލަބު، ކުލަބު އެމްޓީސީސީ އަދި ކުލަބު އެޗްޑީސީއެވެ. މި ލީގުގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ގަދަ ހަތަރު ޓީމަކަށް، މި މަހުގެ 23ވަނަ ދުވަހު ފަށާ ޤައުމީ ވޮލީ ޗެމްޕިއަންޝިޕުން ޖާގަ ލިބޭނެއެވެ.

ލީގުގައި މިރޭ 8:30ގައި ކުޅުމަށް ހަމަޖެހިފައި ވަނީ ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ހޯދި އެމްޓީސީސީ އާއި ޕޮލިސް ކުލަބު ބައްދަލުކުރާ މެޗެވެ. މި މެޗުތައް ބަލާލުމަށް ސޯޝަލް ސެންޓަރަށް ވަދެވޭނީ 35ރުފިޔާގެ ޓިކެޓެއް ގަނެގެންނެވެ. އަދި ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް 25ރުފިޔާއަށް އޮންލައިންކޮށް މެޗުތައް ވަގުތުން ބަލައިލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު