ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބުރު ބަލިކޮށް އޮޑިން މުބާރާތް ނިންމާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

އައު ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ބާއްވާ ކަޕް ވިނާސް ކަޕުގައި އޮޑި ސްޕޯޓްސް ކުލަބުން ކުޅުނު އެންމެ ފަހު މެޗުގައި މިއަދު ހަވީރު ޤައުމީ ފުޓުބޯޅަ ދަނޑުގައި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 2-0ގެ ނަތީޖާއަކުން ކުރިހޯދައިފިއެވެ.

މި މެޗުގައި އޮޑި ސްޕޯޓްސްއަށް ލިބުނު ކާމިޔާބީގެ ފަހަތުގައިވަނީ އެ ޓީމުގެ މުޒްދާން ހަސަން ކާމިޔާބުކޮށްދިން ދެ ލަނޑެވެ. މިއާ އެކު އެ ޓީމުން ވަނީ މުބާރާތުގައި އެ ޓީމުގެ ކުޅުން މޮޅަކާއެކު ނިންމާލާފައެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރާ ފަހު މެޗު މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ތާވަލުކުރެވިފައިވާ ގޮތުން ޗެމްޕިއަންކަން ކަނޑައަޅާ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން 1995ވަނަ އަހަރު ތައާރަފުކުރި މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2008ވަނަ އަހަރުގައެވެ. 18އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އަލުން ފެށި މި މުބާރާތުގައި ވާދަކުރީ ފާއިތުވި ސީޒަނުގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު ހަތަރު ޓީމެވެ. އޭގެ ތެރޭގައި ލީގު ޗެމްޕިއަން މާޒިޔާ އާއި، އެފްއޭ ކަޕް ކާމިޔާބުކުރި ނިއު ރޭޑިއަންޓާއި، ޕްރެޒިޑެންޓްސް ކަޕް އުފުލާލި އޮޑި ސްޕޯޓްސްގެ އިތުރުން ލީގުގެ ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު