ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މާޒިޔާއާ ކުރިމަތިލުމަށް އޮޑި އޮތީ ތައްޔާރަށް

ޝެއާ ކުރޭ Facebook Telegram Viber X

ގިނަ އަހަރުތަކަކަށް ފަހު އަލުން ފަށާ ކަޕް ވިނާސް ކަޕްގައި ހޯމަ ދުވަހުގެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗަށް އޮޑި ސްޕޯޓްސް ކުލަބު ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު އަޙުމަދު ފައްރާޙް (ފައްރަ)ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ފައްރާޙް ބުނީ، މި މުބާރާތާ ކުރިމަތިލާއިރު އޮޑީގެ ވިސްނުން ހުރީ ކޮންމެ މެޗަކަށް ވަކިން ސަމާލުކަންދީގެން ކުރިއަށް ދިޔުމަށް ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ އަމާޒަކީ ކުރިއަށް އޮތް މާޒިޔާ މެޗު ކަމަށާއި، ވޭތުވެދިޔަ އަށާރަ ދުވަހު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ނަތީޖާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން، ފައްރާޙް ވަނީ އޮޑީގެ ސްކޮޑާ ގުޅޭ ގޮތުން ވެސް ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި މިއަހަރުގެ ޓީމު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ޚާއްޞަކޮށް، ކުރީގެ ސްކޮޑަށް އައު ދެތިން ދިވެހި ކުޅުންތެރިން އިތުރުކޮށްފައިވުމާ އެކު، މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކަށް ވަރުގަދަ ފައިޓެއް ދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ކޯޗު ބުންޏެވެ.

މީލާދީ ގޮތުން 2008ވަނަ އަހަރަށްފަހު، 18އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު ކަޕް ވިނާސް ކަޕް އަލުން ފަށާއިރު، މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ދިވެހި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ހަތަރު ޓީމެވެ. އެއީ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ އިތުރުން، އޮޑި ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް އަދި ބުރު ސްޕޯޓްސް ކުލަބެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު