ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބީޗް ހޭންޑްބޯޅަގެ ތަށި އެމްޕީއެލްއަށާއި ވެމްކޯއަށް

ޝެއާ ކުރޭ Facebook Telegram Viber X

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ނިމިގެންދިޔަ ދެވަނަ އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން، މިދިޔަ އަހަރު ވެސް އެ މަޤާމު ހާސިލުކުރި އެމްޕީއެލް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ކުލަބު ވެމްކޯއިން ކާމިޔާބުކޮށްފިއެވެ.

ފިރިހެން ބައިގެ ފައިނަލުގައި ވެމްކޯގެ މައްޗަށް އެމްޕީއެލްއިން ކުރިހޯދީ ދޭއް އެކެއްގެ ނަތީޖާއަކުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު އެމްޕީއެލްގެ ރާއިދު ރަޝީދަށް ލިބުނުއިރު، އަންހެން ބައިގެ ތަށި ވެމްކޯއިން އުފުލާލީ ފައިނަލުގައި ކުލަބު އިމިގްރޭޝަންއާ ވާދަކޮށް ހަމަ އެ ނަތީޖާއިން މެޗު ކާމިޔާބުކޮށްގެންނެވެ. އަންހެން ފައިނަލުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެމްކޯގެ އައިނާ ލަތީފެވެ.

މިއަހަރުގެ މުބާރާތަކީ ރިކޯޑު އަދަދަކަށް އޮފީސްތަކުން ބައިވެރިވި މުބާރާތެކެވެ. އެގޮތުން ވިހި އިދާރާއަކުން ޖުމްލަ ހަތާވީސް ޓީމު (ސޯޅަ އަންހެން އަދި އެގާރަ ފިރިހެން ޓީމު)ވާދަކޮށްފައިވެއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ. 

މި މުބާރާތަކީ ކުޅިވަރާ ބެހޭ ވުޒާރާގެ އެހީތެރިކަމާ އެކު، ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް އަދި ހޭންޑްބޯލް މޯލްޑިވްސްއިން ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ފޯރިގަދަ ކުޅިވަރު ހަރަކާތެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު