ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މޯލްޑިވްސް ޕްރޯގެ ކުއާޓަރއަށް ރާއްޖޭގެ 8 އެތުލީޓުން

ޝެއާ ކުރޭ Facebook Telegram Viber X

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއާ "މޯލްޑިވްސް ޕްރޯ"ބޮޑީބޯޑިންގ މުބާރާތުގެ ތިންވަނަ ބުރުން ކުރިހޯދައި، ރާއްޖޭގެ އަށް އެތުލީޓަކު މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

ޖުމްލަ ތޭރަ ދިވެހި އެތުލީޓުންނާ އެކު ފެށި މި ބައިނަލްއަޤުވާމީ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމު ތަމްސީލުކުރަނީ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، އަޝްރަފް ހަސަން އަދި އިޔަން އަހުމަދެވެ. މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކުރި ދިވެހި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޚުޝްރުވާން، އާމިން، އިޔަން، އަޝްރަފް، އަލީ ޖާވިދު، ޝާއިފް ޝަރީފް، ދާއޫދު ފަޒީހް، އަޝްވަން މުހައްމަދުގެ އިތުރުން ނޫހް މުހައްމަދު ދުނައިމް އިރުޝާދެވެ.

މީގެ ތެރެއިން ގިނަ ކުޅުންތެރިން ތިންވަނަ ބުރުގެ ޖާގަ ޔަޤީންކުރީ ނޮން-އެލިމިނޭޝަން ބުރުގައި ވާދަކުރި ހީޓުތަކުން އެއްވަނަ ނުވަތަ ދެވަނަ މަޤާމު ހާސިލުކޮށްގެންނެވެ. އެހެންނަމަވެސް، ޝާއިފް އަދި ޖާވިދު ކުރިހޯދީ ރެޕޯ ރައުންޑުންނެވެ. ރެޕޯ ހީޓު ދޭއްގައި 14.75ގެ ސްކޯއަކާއެކު ޖާވިދު އެއްވަނަ ހޯދިއިރު، އެ ހީޓުން 10.05ސްކޯކޮށްގެން އާމިން ވަނީ ދެވަނަ ހޯދާފައެވެ. އަދި ރެޕޯ ހީޓު އެކެއްގައި ބްރަޗިމީ ޓާރިކްއާ ވާދަކޮށް 4.75އިން އެއްވަރުވުމުން، ޝާއިފް އަށް ކުރި ލިބުނީ ޓައި ބްރޭކްގެ އެހީގައެވެ.

ހޮނިހިރު ދުވަހު ކުރިއަށްދާ ތިންވަނަ ބުރުގެ ހީޓުތަކުގައި ދިވެހި އެތުލީޓުން އެކަކު އަނެކަކާ ވާދަކުރަން ޖެހުމަކީ، ރާއްޖެއަށް ކުއާޓަރ ފައިނަލުގެ އިތުރު ޖާގަތަކެއް ކަށަވަރުވެގެންދާނެ ކަމެކެވެ. އެގޮތުން ދެވަނަ ހީޓުގައި ޚުޝްރުވާންއާއި ދާއޫދު ބައްދަލުކުރާއިރު، ހަވަނަ ހީޓުގައި ޖެހޭނީ އަޝްރަފް އާއި ޖާވިދެވެ. އަދި ހަތްވަނަ ހީޓުގައި އާމިންއާއި އިޔަން ވާދަކުރާނެއެވެ. 

ބާކީ ތިބި ދިވެހި އެތުލީޓުން ނުކުންނާނީ ބޭރުގެ ވަރުގަދަ ކުޅުންތެރިންނާ ދެކޮޅަށެވެ. މީގެ ތެރޭގައި ޕިއެރޭ ލޮއިސް ކޮސްޓެސްއާ ދެކޮޅަށް ޝާއިފް ނުކުންނަ ހީޓާއި، އަރްމިޑޭއާ ދެކޮޅަށް އަޝްވަން ނުކުންނަ ހީޓު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ނޫހް ނުކުންނާނީ ބްރަޗިމީ ޓާރިކްއާ ދެކޮޅަށެވެ. އަދި ހޫގޯ ނައުޑޭއާ ދެކޮޅަށްވެސް ދިވެހި ކުޅުންތެރިޔަކު ނުކުތުމަށް ވަނީ ހަމަޖެހިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު