ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އުމުރުން 68 އަހަރުގައި މެސީގެ ބައްޕަ މަރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އާޖެންޓީނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ބައްޕަ އަދި އޭނާގެ ކުރީގެ އޭޖެންޓް، ޖޯޖް މެސީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު، އުމުރުން 68އަހަރުގައި އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައި މިއަދު މަރުވެއްޖެއެވެ.

ލިއޮނެލް މެސީގެ ކާމިޔާބު ކެރިއަރުގައި ޖޯޖް މެސީއަކީ ހަމައެކަނި އޭނާގެ ބައްޕައެއްގެ އިތުރުން، ފުޓުބޯޅައިގެ ހުރިހާ ކަމެއް ގިނަ ދުވަސްތަކެއް ވަންދެން ބަލަހައްޓަމުންދިޔަ އޭޖެންޓް ވެސް މެއެވެ. ފުޓުބޯޅައިގެ މައިދާނުގައި މެސީ ނިންމާފައިވާ އެންމެ މުހިންމު ނިންމުންތައް ނިންމާފައި ވަނީ ބައްޕަގެ ލަފަޔާއި އިރުޝާދުގެ މަތިންކަން މީޑިއާތަކުން ފާހަގަކުރެއެވެ.

ބައްޕަގެ ބައްޔާ ގުޅިގެން މެސީ ވަނީ ފަހަކަށް އައިސް އޭނާގެ އާއިލާއަށް ވަރަށް ބޮޑަށް ވަގުތު ހުސްކޮށްފައެވެ. އެގޮތުން، ވޯލްޑްކަޕް ނިމުމަށްފަ ހު އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)ގެ އޯލް ސްޓަރ މެޗުގައި ވެސް މެސީ ބައިވެރިވެފައި ނުވަނީ ބައްޕަގެ ގާތުގައި ވަގުތު ހޭދަކުރުމުގެ ބޭނުމުގައެވެ.

މީގެ އިތުރުން، ފާއިތުވި ވޯލްޑްކަޕް މުބާރާތުގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވެސް މެސީ ވަނީ އާއިލީ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކައިފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު