ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނޭމާއަށް ކުރިމަތިވި ފުރައްސާރައާއި ގުޅިގެން ހަމަނުޖެހުން!

ޝެއާ ކުރޭ Facebook Telegram Viber X

ބްރެޒިލް ކަޕްގައި ސަންޓޯސްއާއި ރެމޯ ބައްދަލުކުރި މެޗަށް ފަހު، ސަންޓޯސްގެ ތަރި ނޭމާ ޖޫނިއާގެ ފަރާތުން ފެނުނު އަދަބުކުޑަ އަމަލުތަކަކާ ގުޅިގެން ރެމޯގެ ރައީސް އެންޓޯނިއޯ ކާލޯސް ޓެއިސެއިރާ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ބްރެޒިލްގެ ބެލެމް ސިޓީގައި ކުޅުނު މި މެޗުން ރެމޯ ބަލިވިއިރު، މެޗުގެ ހަމައެކަނި ލަނޑު ސަންޓޯސްގެ ރޯނީ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 34އަހަރުގެ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި މޮޅާއެކު ސަންޓޯސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މި މެޗު ކުޅެމުންދިޔަ ވަގުތު ރެމޯގެ ސަޕޯޓަރުން ދިޔައީ ދަނޑުމަތީގައި ނޭމާ އަށް އަމާޒުކޮށް މަލާމާތްކޮށް އަޑުގަދަކުރަމުންނެވެ. ނަމަވެސް، މަސްރަހު ހޫނުވީ މެޗު ނިމުމަށްފަހު ރޮސްޓްރަމް ކައިރިން ނޭމާ ހިނގާފައި ދިޔައިރު، ރެމޯގެ އިސްވެރިންނާއި އޮފިޝަލުން ތިބި ސަރަހައްދަށް ހުއްޓި، އެ މީހުންނާ ދިމާލަށް "ކަޓައިފި ކަޓައިފިއޭ"ބުނެ ހަޅޭއްލެވުމުންނެވެ.

ނޭމާގެ މި އަމަލާ ގުޅިގެން ރެމޯގެ ރައީސް ޓެއިސެއިރާ ވިދާޅުވީ، ނޭމާގެ ކިބައިން ފެނުނީ ވަރަށް ދަށު ދަރަޖައިގެ އަދަބު ކުޑަ އަމަލުތަކެއް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންގެ ލޯބި ހޯދާފައިވާ ކުޅުންތެރިއަކު އެފަދަ ގޮތަކަށް މަލާމާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ގިނަ ކުޑަކުދިންތަކެއްގެ ލޯބި ލިބިފައިވާ، އެކަމަކު ދަށުދަރަޖައިގެ އެ ނޭމާ މިތަނަށް އައިސް އަހަރެމެންނާ ދިމާއަށް މަލާމާތްކުރީ. މިފަދަ ދަށު ދަރަޖައިގެ މީހުންނަށް އަހަރެމެން ތައުރީފުކޮށް ވަރުގަދަ މީހެއްކަމަށް ހެދުމަކީ އަހަރެމެންގެ ކުށެއް"

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވާޑް، ނޭމާ ވަނީ ސަޕޯޓަރުންގެ މަލާމާތްތަކަށް ސޯޝަލް މީޑިއާގައި ވެސް މަލާމާތުގެ ރާގަކަށް ރައްދު ދީފަ އެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ލިޔެފައި ވަނީ "ލޯތްބަށްޓަކައި ޝުކުރިއްޔާ، ބެލެމް"މިފަދައިންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު