ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އައު ގަވާއިދުގެ ދަށުން ނޭމާ މިނެޓަކަށް ދަނޑުން ބޭރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އާދީއްތަ ދުވަހު ސަންޓޯސް އަދި ވާސްކޯ ބައްދަލުކުރި މެޗުގައި، ގޯލްކީޕަރުން ގަސްތުގައި ވަގުތު ބޭކާރުކުރުން ހުއްޓުވުމަށް ތަޢާރަފުކުރި އައު ގަވާއިދާ އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން، ސަންޓޯސްގެ ކެޕްޓަން ނޭމާ ޖޫނިއަރ އެއް މިނިޓަށް ދަނޑުން ބޭރުކޮށްފިއެވެ.

ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގައި މި ގަވާއިދު އެންމެ ފުރަތަމަ ތަންފީޒުކުރަން ޖެހުނީ، 3-0ގެ ނަތީޖާއަކުން ސަންޓޯސް މޮޅުވި މެޗުގައި އެ ޓީމުގެ ކީޕަރު ގެބްރިއެލް ބްރަޒާއޯއަށް އަނިޔާވެގެން ފަރުވާދޭން ޖެހުމުންނެވެ. އައު އުސޫލު އޮންނަ ގޮތުން ކީޕަރަށް ފަރުވާ ދިނުމަށް ކުޅުން ހުއްޓާލައިފި ނަމަ، އަލުން މެޗު ފެށުމާ އެކު އެއް މިނިޓަށް ދަނޑުން ފައިބާނެ ކުޅުންތެރިޔަކު ކޯޗު ކަނޑައަޅަން ޖެހޭނެއެވެ. ނަމަވެސް ސަންޓޯސްގެ ކޯޗަށް 10ސިކުންތުގެ ތެރޭގައި ކުޅުންތެރިޔަކު އިޚުތިޔާރު ނުކުރެވުމުން، ގަވާއިދު ބުނާ ގޮތުގެ މަތިން ރެފްރީ ވަނީ ކެޕްޓަންކަން ކުރަމުންދިޔަ ނޭމާ ދަނޑުން ބޭރަށް ފޮނުވާލާފައެވެ.

ފުޓުބޯޅަ މެޗުތަކުގައި ކީޕަރުންނަށް އަނިޔާވިކަމަށް ހަދައިގެން ޓީމުތަކުން ނަގާ "ޓެކްޓިކަލް ޓައިމްއައުޓް"ނިމުމަކަށް ގެނައުމަށް ޓަކައި އެކުލަވާލި މި ގަވާއިދު، ކުރިމަގުގައި އިނގިރޭސި ޕްރިމިއާ ލީގު ހިމެނޭހެން ދުނިޔޭގެ އެހެން ބޮޑެތި މުބާރާތްތަކުގައި ވެސް ބޭނުންކުރަން ފަށާނެއެވެ.

އުމުރުން 34އަހަރުގެ ނޭމާއަކީ ދާދި ފަހުން ބްރެޒިލްގެ ޤައުމީ ޓީމުން ރިޓަޔަރކޮށްފައިވާ ކުޅުންތެރިއެކެވެ. މި އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައި އޭނާ ދެ މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނުއިރު، ގަދަ 16ގައި 2-1 އން ނޯވޭ އަތުން ބްރެޒިލް ބަލިވި މެޗުގައި އޭނާ ވަނީ ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު